ބީލަން
ނަންބަރު: (IUL)332-MS/332/2023/99
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި:
25 ސެޕްޓެންބަރު 2023 11:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު - މަސްމާރުކޭޓް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކ.ދިއްފުށީ މަސްކަނޑާއަށި ހެދުން
- މާލެއަތޮޅު ދިއްފުށި ކައުންސިލްގެ މަސްމާރުކޭޓް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކ.ދިއްފުށީ މަސްކަނޑާ އަށި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 11 ސެޕްޓެމްބަރ 2023 އިން 17 ސެޕްޓެމްބަރ 2023 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 13:00 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމު މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރީ ފޯމް ގެޒެޓް، މިއިދާރާއިން، ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް 11 ސެޕްޓެމްބަރ 2023 އިންފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިބީލަމާއި ގުޅޭ ޕްރީބިޑް ބައްދަލުވުން 19 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 11:30 ގައި ދިއްފުށީ ކައުންސިލް އިދާރަގެ މީޓިންގް ހޯލްގައި އޮންނާނެއެވެ.
- މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 18 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 25 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
07 ސެޕްޓެންބަރު 2023