ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-HRMS/1/2015/26
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 12 މާރިޗު 2015 17:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 
ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް ތިރީގައި މިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ސީނިއަރ އޮފިސަރ، ޕޭމަންޓް ޕްރޮސެސިންގ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ސެކްޝަން:

ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ޕޭމަންޓް ޕްރޮސެސިންގ ސެކްޝަން

އަސާސީ މުސާރަ:

-/7،000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ބަޔާނާއި ޕޭމަންޓްތައް ބަލައިގަތުމާގުޅޭ މަސައްކަތްތައް ކުރުމާއި، ކަމާގުޅޭ ރިޕޯޓުތައް ތައްޔާރުކުރުން.

ޝަރުޠު: އެކައުންޓިންގ، ފައިނޭންސް، ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން.

މަޤާމު:

ސީނިއަރ އޮފިސަރ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް (ލެވަލް 1 )

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްނިކަލް ސަރވިސް ޑިޕާޓްމަންޓް / ޕްލޭނިންގ އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ޑިވިޜަން / ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސްސެކްޝަން

އަސާސީ މުސާރަ:

 -/7،000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކުހާބެހޭ ސިޔާސަތުތައް ކަނޑައަޅަން ބޭނުންވާ ފަންނީ ލަފާ ދިނުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުމާއި، އެ ފަދަ ސިޔާސަތުތައް ތަންފީޛުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމާއި، މީރާގެ އާމްދަނީގެ ތަފާސްހިސާބު ދިރާސާކޮށް ބެލެހެއްޓުމާއި، ކަމާގުޅޭ މަސައްކަތްތައް ކުރުން.

ޝަރުޠު: އެކައުންޓިންގ، ފައިނޭންސް، ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން.

މަޤާމު:

ސީނިއަރ އޮފިސަރ، ޓެކްނިކަލް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ސެކްޝަން:

ޓެކްނިކަލް އެންޑް ޕަބްލިކް އެވެއަރނަސް ޑިޕާޓްމަންޓް / ޓެކްނިކަލް އެންޑް ޕްލޭނިންގ ޑިވިޜަން / ޓެކްނިކަލް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ސެކްޝަން / ޓެކްނިކަލް ސަރވިސް ޔުނިޓް

އަސާސީ މުސާރަ:

-/7،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކުހާ ގުޅޭގޮތުން ނެރެންޖެހޭ ޓެކްސް ރޫލިންގތަކާއި ސަރކިއުލަރތައް ތައްޔާރުކޮށް ނެރުމާއި، އޮތޯރިޓީގެ ބޭނުމަށް ހަދަންޖެހޭ ޤާނޫނުތަކުގެ ބިލްތަކާއި ގަވާއިދުތަކާއި އުސޫލުތައް ތައްޔާރުކުރުމާއި، ޓެކްސް މުޢާހަދާތަކާއި އެހެނިހެން ޓެކްނިކަލް ލިޔުންތައް ތައްޔާރުކުރުމާއި، ކަމާގުޅޭ މަސައްކަތްތައް ކުރުން.

ޝަރުޠު: އެކައުންޓިންގ، ފައިނޭންސް، ނުވަތަ ޓެކުހާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން

މަޤާމު:

ސީނިއަރ އޮޑިޓް އޮފިސަރ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ސެކްޝަން:

އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

ލާޖް ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް

ކޮމްޕްލަޔަންސް ޑިޕާޓްމަންޓް

އަސާސީ މުސާރަ:

-/7000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ދައްކަންޖެހޭ އެންމެހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކުކުރުމާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭ އަދަދު ކަނޑައެޅުން

ޝަރުޠު:

  • އެކައުންޓިންގ، ފައިނޭންސް، ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން
  • އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމު:

އެސިސްޓަންޓް އޮފިސަރ، ޓެކްސް ޓްރޭނިންގ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްނިކަލް ސަރވިސް ޑިޕާޓްމަންޓް / އެޑިއުކޭޝަން އެންޑް އެވެއަރނަސް ޑިވިޜަން / ޓެކްސް ޓްރޭނިންގ ސެންޓަރ

އަސާސީ މުސާރަ:

-/4،000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2،000 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/75 ރުފިޔާގެ ރޭޓުން.

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އާންމުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާބެހޭ މަޢުލޫމާތު ދިނުމަށް ސެމިނަރތަކާއި، ތަމްރީނު ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ރާވާ ހިންގުމާއި، ޓްރޭނިންގތަކަށް އަދި ޓެކްސްދައްކާ ފަރާތްތަކަށް ބޭނުންވާ ޕްރެޒެންޓޭޝަންތައް، އިންފޮރމޭޝަން ބުކްލެޓް، މެނުއަލް، ގައިޑް ފަދަ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ޓެކްސް އޭޖެންޓުންނާއި މީރާއިން ގަބޫލުކުރާ ޓެކްސް އޮޑިޓަރުންނަށް ހުއްދަ ދީ ތަމްރީނު ކުރުމާއި، ކަމާގުޅޭ މަސައްކަތްތައް ކުރުން.

ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)

މަޤާމު:

އެސިސްޓަންޓް އޮފިސަރ، ޕޭމަންޓް ޕްރޮސެސިންގ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ރިޓަރން އެންޑް ޕޭމަންޓް ޕްރޮސެސިންގ ޑިޕާޓްމަންޓް / ޕޭމަންޓް ޕްރޮސެސިންގ ޔުނިޓް

އަސާސީ މުސާރަ:

-/4،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2،000 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/75 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ކައުންޓަރުން ފައިސާ ބަލައިގަތުމާއި އަދި ކަމާގުޅޭ މަސައްކަތްތައް ކުރުން.

ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)

މަޤާމު:

އެސިސްޓަންޓް އޮޑިޓް އޮފިސަރ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

ލާޖް ޓެކްސްޕެޔަރ ސަރވިސް ޑިޕާޓްމަންޓް

ކޮމްޕްލަޔަންސް ޑިޕާޓްމަންޓް

އަސާސީ މުސާރަ:

-/4،000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2،000 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/75 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކުކުރުމާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭ އަދަދު ކަނޑައެޅުން

ޝަރުޠު: އޭލެވެލް 2 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން)

އެހެނިހެން ޝަރުޠުތައް

  • މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  • ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  • ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  • އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  • ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
  • ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިގުރާރުވުން.

މިމަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

  • މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެމަތިން މާރކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 12 މާރިޗު 2015 ގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

05 ޖުމާދަލްއޫލާ 1436 

24 ފެބުރުވަރީ 2015