މަސައްކަތް
ނަންބަރު: (IUL)332-MS/332/2023/97
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 21 ސެޕްޓެންބަރު 2023 13:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ދިއްފުށީ ކައުންސިލްގެ ލޯގޯ، ޓީޝާޓް އަދި ދިދަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުން

އިދާރީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، ކުރިން ކުރެވިފައިވާ ނަންބަރު: (IUL)332-MS/332/2021/20 އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، ކައުންސިލްގެ ލޯގޯ، ޓީޝާޓް އަދި ދިދަ ފަރުމާކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ޑިޒައިންތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ބޭނުންވާ  މައުލޫމާތު، މި އިއުލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ. ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން މި ކައުންސިލުން ލޯގޯއެއްގެ ގޮތުގައި ބޭނުންކުރުމަށް ހޮވޭ ލޯގޯ ފަރުމާކުރެއްވި ފަރާތަކަށް 25،000.00ރ (ފަންސަވީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

                  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ލޯގޯ، ޓީޝާޓް އަދި ދިދައިގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހެޅުންތައް މެއިލްކުރައްވާނީ މިކައުންސިލްގެ އީމެއިލް [email protected] އަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6640071 އަދި 7730071 ފޯނާއި ގުޅުއްވުން އެދެމެވެ.

07 ސެޕްޓެންބަރު 2023