ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESMS/2023/54
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 15 އޮކްޓޫބަރު 2023 14:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން.

އިޢުލާން

 

ރުއްގަހުގެ ވެރިފަރާތް ހޯދުން.

 ރަށުގެ އެކިސަރަހައްދުތަކުގައި އާންމުން އިންދާފައިވާ ރުއްގަހުގެ ދަފްތަރެއް އެކުލަވާލުމަށް ކައުންސިލުންދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން 15 އޮކްޓޯބަރ 2023 ގެ ކުރިން ރުއްގަސްތަކުގައި ވެރިފަރާތުގެ ގޯތީގެ ނަމްބަރު ޖެހުމަށްފަހު ރުއްގަސް ހުރިތަން އިނގޭނެގޮތަށް ލިޔުމުން މިއިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ. ދެންނެވިފައިވާ ތާރީޙްގެ ކުރިން  ރުއްގަހުގެ ތަފްސީލް ހުށަހަޅާފައިނުވާ ރުއްގަހަކީ ބަންޑާރަ ރުއްގަސް ކަމުގައި ބެލެވޭނެ ވާހަކަ ދެންނެވީމެވެ.

 ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ސެޕްޓެންބަރު 2023