ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297-AD/297/2023/106
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:17
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 - ވޯޓުލުމާއި ގުޅޭ

ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުން 9 ސެޕްޓެމްބަރ 2023ވާ ހޮނިހިރު ދުވަހު ކުރިއަށްދާނެއެވެ. ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00އަށެވެ. ވެލިދޫގައި ވޯޓުލުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަކީ:

  1. 83 | ނ.ވެލިދޫ-1 (ނ.އަތޮޅު ތަޢުލީމީ މަރުކަޒު)
  2. 84 | ނ.ވެލިދޫ-2 (ހިންޒް ޕްރީސްކޫލް)
  3. 85 | ނ.ވެލިދޫ-3 (ވެލިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު)

 

ދެންނެވިފައިވާ ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވާނީ ތިރީގައިވާ ސަރަޙައްދުތަކަށް ނިސްބަތްވާ ފަރާތްތަކެވެ.

ނ. ވެލިދޫ،
 ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ރިހި މާލަމް

މި ފޮށްޓަށް ވޯޓުލާނީ ވެލިދޫ ރޯޝަނީމަގުގެ އުތުރުން ޝަބްނަމީހިނގުމާ ހަމަޔަށް، ޝަބްނަމީހިނގުމުގެ ހުޅަނގުން އުތުރަށް ޗާނދަނީމަގާއި ހަމަޔަށް، ޗާނދަނީމަގުގެ އުތުރުން އިރަށް ރާވެރިމަގާއި ހަމަޔަށް، ރާވެރިންމަގުން އުތުރަށް އެމަގުގެ ހުޅަނގުން ހިމެނޭ ރަށުގެ އުތުރު ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

ނ. ވެލިދޫ-1

D03.13.1

83

ނ. ވެލިދޫ،
 ހިންޒު ޕްރީސްކޫލް 

މި ފޮށްޓަށް ވޯޓުލާނީ ވެލިދޫ ރޯޝަނީމަގުގެ ދެކުނުން ޝަބްނަމީހިނގުމާ ހަމަޔަށް، ޝަބްނަމީހިނގުމުގެ އިރުން ޗާނދަނީމަގާއި ހަމަޔަށް، ޗާންދަނީމަގުގެ ދެކުނުން އިރަށް ރާވެރިންމަގާއި ހަމަޔަށް، ރާވެރިންމަގުގެ ހުޅަނގުން ހަވީރީހިނގުމާ ހަމަޔަށް، ހަވީރީހިނގުމުގެ އުތުރުން ހުޅަނގަށް ޝިފާގޯޅިއާ ހަމަޔަށް، ޝިފާގޯޅީގެ ހުޅަނގުން ދެކުނަށް ކިނާރާމަގާއި ހަމަޔަށް، ކީނާރާމަގުގެ އުތުރުން އެމަގުގެ ހުޅަނގުގައި ހިމެނޭ ރަށުގެ މެދުތެރޭ ސަރަޙައަދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި  ކުޅުދުއްފުށި ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ނ. ވެލިދޫ-2

D03.13.2

84

ނ. ވެލިދޫ،
 ވެލިދޫ ޔޫތް އެންޑް ކޮމިޔުނިޓީ ސެންޓަރގެ އިންޑޯ ހޯލު

މި ފޮށްޓަށް ވޯޓުލާނީ ވެލިދޫ ރާވެރިންމަގުގެ އިރުން އެމަގުގެ ދެކުނަށް ހަވީރީހިނގުމާ ހަމަޔަށް، ހަވީރީހިނގުމުގެ ދެކުނުން ހުޅަނގަށް ޝިފާގޯޅިއާ ހަމަޔަށް، ޝިފާގޯޅީގެ އިރުން ދެކުނަށް ކިނާރާމަގާއި ހަމަޔަށް، ކިނާރާމަގުން ހުޅަނގަށް އެ މަގުގެ ދެކުނުން ރަށުގެ އިރުދެކުނު ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ނ. ވެލިދޫ-3

D03.13.3

85

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

07 ސެޕްޓެންބަރު 2023