ދިވެހިރާއްޖެ
އަންދާސީހިސާބު
މިނިސްޓްރީން ކ.މަނިޔަފުށީގައި ކަރަންޓް ލުމަށްޓަކައި "މަނިޔަފުށީގެ އިލެކްޓްރިފިކޭޝަން ޑިޒައިން ސްޓަޑީއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާނު ނަންބަރު IUL)30-C/1/2015/16) ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް އެންމެ ފަރާތަކުން ހާޒިރުވެފައިވާތީ، މިއިޢުލާން ބާޠިލުކޮށް އަލުން އިއުލާން ކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށައެޅުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
17 މާރިޗު 2015 އަންގާރަ ދުވަހުގެ 11:00 އަށް |
10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322242 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.