ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2023/109
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 17 ސެޕްޓެންބަރު 2023 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
35000 އަކަފޫޓް ބިމެއް ކުއްޔަށް ދިނުމަށް އިވެލުއޭޝަން އާންމުކުރުމާއި ގުޅޭ

35000 އަކަފޫޓް ބިމެއް ކުއްޔަށް ދިނުމަށް ކުރެވުނު އިދާރާގެ ނަންބަރު (IUL)335-AS/335/2023/75  ( 1 ޖޫން 2023 ) އިޢުލާނާއި ގުޅިގެން ބިޑް އިވެލުއޭޓް ކޮށްފައިވަނީ 4 ފަރާތުގެއެވެ. ތިރީގައި ދެންނެވިފައިވާ ފަރާތަށް މި ބިން ހަވާލްކުރުމަށް މި ކައުންސިލްގެ  ބިޑް ކޮމެޓީ 2023 ވަނަ އަހަރުގެ 12 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

        މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،

  • ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން، އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 7 (ހަތް) ދުވަހުގެ ތެރޭގައެވެ.

1.  ބިޑް ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-

ކުންފުނީގެ ނަން:-

 އެފް އެންޑް އެފް އިންވެސްޓްމަންޓް ކޮމްޕެނީ

ހުށަހަޅާފައިވާ އަގު:-

 4.31 އަކަފޫޓަކަށް  

ލިބުނު ޕޮއިންޓް:-

 93.68

 
2.       ބިޑް ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:- 
 

ނަން:-

އިންޓަރނޭޝަނަލް ބެވަރޭޖަސް ކޮމްޕެނީ

ލިބުނު ޕޮއިންޓް:

79.89

ނަން:-

ވެލިގާ ހާރޑްވެއަރ

ލިބުނު ޕޮއިންޓް:

33.65

ނަން:-

އެޗް.އެން.ކޭ އިންވެސްޓްމަންޓް ޕވޓ ލޓޑ

ލިބުނު ޕޮއިންޓް:

57.38

          ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 17 ސެޕްޓެމްބަރ 2023  ވާ އާދިއްތަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.

އީ.މެއިލް :[email protected]                                            

ފޯން ނަންބަރު :- 6642024 

06 ސެޕްޓެންބަރު 2023