ދިވެހިރާއްޖެ
އިޢުލާން
މިއިދާރާއިން ބަލައިގަންނަމުދާ ފާއިސާ 2023-09-07 ދުވަހުންފެށިގެން މިއިދާރާއަށް ޓްރާންސްފާ ކުރެވޭގޮތަށް ވަނީހަމަޖައްސާފައެވެ. ކައުންސިލްއަށް ދައްކަންޖެހޭ ހުރިހާ ފީތަކެއް (ކުނީގެފީ، ޕްރީސްކޫލްފީ ،ބިމުކުލި، ރުއްގަނޑުކުލި، ކަށިކެޔޮފާ ބަނބުކެޔޮފާގެ ކުލި، ކޭބަލްޓިވީ ކުލި، ދަނޑި މުޑި ގަތުމުގެ ފައިސާ، ފޮޓޯކޮޕީ ނެގުމާއި ޕްރިންޓް ކުރުމުގެ ފައިސާ) ޓްރާންފާ ކުރާނީ މިއިދާރާގެ އ/ކ ނަންބަރު
7717700453001 1342 ރެވެނިއު 01 އަށެވެ. ގޭގެއިން ދައްކަމުންދާ ކުނީގެ ފީ ޓްރާންސްފާ ކުރާއިރު އެއީ ކޮންގެއެއްގެ ފައިސާއެއްކަން އެގެން އޮންނަށް ވާނެއެވެ. ފައިސާ ޓްރާންސްފާ ކުރުމަށްފަހު ސްލިޕްކޮޅު މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވަންވާނެއެވެ. ނުވަތަ މިއިދާރާގެ ވައިބަރ ނަންބަރު 9798094 އަށް ސްލިޕްކޮޅު ވައިބަރ ކުރަންވާނެއެވެ.
މިއިދާރާއަށް ބަލައިގަންނަ އެއްވެސް ފީއެއް ޖޫރިމަނާ ވެއްޖެނަމަ އެ ފައިސާ ބަލައި ގަނެވޭނީ ޖޫރިމަނާ ފައިސާ ދެއްކުމުންނެވެ. މިއިޢުލާނާއެކު ފައިސާ ޓްރާންސްފާ ކުރުމަށް ހެދިފައިވާ އުޞޫލު އާމުކުރީމެވެ.
ވީމާ، މިކަން އާއްމުކޮށް އެއްގުމަށް ޓަކައި އިޢުލާންކުރީމެވެ.
21 ޞަފަރު 1445
06 ސެޕްޓެމްބަރު 2023