ކުއްޔަށް ދިނުން
ނަންބަރު: (IUL)386/386/2023/55
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 01 އޮކްޓޫބަރު 2023 10:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރ ގްލާސް މަސައްކަތް ކުރުމަށް ކުއްޔަށް ބިން ދޫކުރުން

އިޢުލާން

 

ފައިބަރ ގްލާސް މަސައްކަތް ކުރުމަށް ކުއްޔަށް ބިން ދޫކުރުން

            މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާ ކުރެހުމުގައި ފާހަގަ ކޮށްފައިވާ 4 ބިން، ފައިބަރ ގްލާސް މަސައްކަތް ކުރުމަށް އަކަފޫޓަކަށް -/15 (ފަނަރަ) ލާރިއަށް ވުރެ ކުޑަނުވާގޮތަށް ކުއްޔަށް ދޫކުރަން ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

              ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 18 ސެޕްޓެންބަރު 2023 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 18 ސެޕްޓެންބަރު 2023 ވަނަ ދުވަހުގެ  14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން: 6780715

އީމެއިލް އައިޑީ: [email protected]

ބީލަން ހުޅުވުން އޮންނާނީ 01 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

             21 ޞަފަރު 1445

             06 ސެޕްޓެންބަރު 2023

06 ސެޕްޓެންބަރު 2023