ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2023/157
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:08
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޭޅިފަށުގައި ހެދިފައި ހުންނަ ކުރެދިފާތަކުން ކުރެދިކެނޑުމާއި ގުޅޭ

                މިހާރަކަށް އައިސްމިރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ކުރެދިފާތަކުން ކުރެދިކަނޑާ ކަމުގެ ޝަކުވާ މިއިދާރައަށް ލިބެމުންދެއެވެ. އެހެންކަމުން، މިކަމަށް ހުރިހާ ބޭފުޅުންވެސް ސަމާލުވުމަށް ދަންނަވަމެވެ. އަދި ހޭޅިފަށުން ގަސްކެނޑުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަނާކަމެއްކަމުގައި ހަނދުމަފުޅުކޮށްދެމެވެ. ޚާއްސަކޮށް މިރަށުގައި މިފަދަ ނެތެމުންދާ ގަސްގަހާގެއްސަށް މިގޮތަށް ޢަމަލު ނުކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރަމެވެ. މިފަދަ ނުކިއްސަރު އެންމެހާ ކަންކަމުން ރައްޔިތުން ދުރުވެ، ފަރުދީޒިންމާ އަދާކުރެއްވުމަކީ މިއިދާރައިގެ ވަރަށްބޮޑު އެދުމެކެވެ. މި ފުރުޞަތުގައި މިފަދަ ޤާނޫނާ ހިލާފް ޢަމަލުކުރާފަރާތްތަކަށް ޤާނޫނު ލާޒިމްކުރާ ފިޔަވަޅުއެޅޭނެ ވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ.

 

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

06 ސެޕްޓެންބަރު 2023