ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280/INDIV/2032/47
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި:
14 ސެޕްޓެންބަރު 2023 13:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕްރީސްކޫލް ބޯޑް އިންތިޚާބުކުރުން
ޕްރީސްކޫލް ބޯޑް އިންތިޚާބުކުރުން
ޅައިމަގުޕްރީސްކޫލް ބޯޑު އިންތިޚާބުކުރުމަށް ބޭނުންވެއެވެ. ޕްރީސްކޫލް ބޯޑު އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ. އެއީ
- ސްކޫލް ބެލެނިވެރިންގެ ތެރެއިން 2 މެމްބަރުން.
- ސްކޫލް މުދައްރިއްސުންގެ ތެރެއިން 3 މެމްބަރުން.
- ސްކޫލް މެނޭޖްމަންޓުން 3 މެމްބަރުން.
- އާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުން.
މީގެތެރެއިން އިންތިޚާބުކުރުމަށް ހަމަޖެހިފައިވަނީ ބެލެނިވެރިންގެ ތެރެއިން 2 މެމްބަރުންނާއި، އާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުންނެވެ.
ވީމާ، ޕްރީސްކޫލްގެ ބެލެނިވެރިންގެ ތެރެއިންނާ ޢާންމު ރައްޔިތުންގެ ތެރެއިން ޕްރީސްކޫލް ބޯޑުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ސިޓީ ފޮނުންވުން އެދެމެވެ.
06 ސެޕްޓެންބަރު 2023