މަސައްކަތް
ނަންބަރު: (IUL)202-A/1/2015/23
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި:
03 މާރިޗު 2015 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދެވަނަ ފަންގިފިލާގެ ކަރަންޓް ވަޔަރިންގަށް ދިމާވާ މައްސަލަ ހައްލު ކޮށްދޭނެ ފަރާތެއް ހޯދުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީގެ ދެވަނަ ފަންގިފިލާގެ ކަރަންޓް ވަޔަރިންގަށް ދިމާވާ މައްސަލަ ބަލައި އެމައްސަލަ ހައްލު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 8 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
03 ޖުމާދަލްއޫލާ 1436
23 ފެބުރުވަރީ 2015