މަސައްކަތް
ނަންބަރު: (IUL)GS56/2015/08
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި:
05 މާރިޗު 2015 11:00
ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޓްރޮފީތައް ހައްދަވައިދެއްވާނެ ފަރާތެއް ހޯދަން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ޓްރޮފީތައް ހައްދަވައިދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް އެދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 ން މެންދުރުފަހުގެ 15:00 އަށް 6600136 ނަންބަރު ފޯނާއެވެ.
04 ޖުމާދަލްއޫލާ 1436
23 ފެބުރުވަރީ 2015