މަސައްކަތް
ނަންބަރު: MNU-CA-PAMD/2023/126
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 17:06
ސުންގަޑި: 14 ސެޕްޓެންބަރު 2023 09:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ތިނަދޫ ކެމްޕަހުގައި ގާއިމުކުރެވޭ އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަހުގައި ގާއިމުކުރެވޭ އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު MNU-CA-PAMD/2023/96 އިއުލާނާ ގުޅިގެން ހުށަހެޅުނު ބީލަންތަކުގެ އަގުތަކަކީ މި މަސައްކަތް ކުރުމަށް އެކަށީގެންވާ އަގުތަކެއް ކަމުގައިނުވާތީ އެ އިއުލާނާ ގުޅިގެން ހުށަހެޅުނު ބީލަންތައް ބާޠިލުކުރުމަށް މި ޔުނިވަރސިޓީގެ ޕްރޮކިޔުމަންޓް ކޮމިޓީން ވަނީ ނިންމާފައެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
  2. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
  3. މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ-ބިޑް/ސައިޓް ވިޒިޓް އޮންނާނީ 11 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 09:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަސް ގައެވެ. ބީލަން ހުށަހެޅުން އޮންނާނީ 14 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 9:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަސް ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  5. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

ޓެކްނިކަލް ސްޕެސިފިކޭޝަނާ ގުޅޭގޮތުން ނަމަ؛

ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛

ތިނަދޫ ކެމްޕަސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ގދ.ތިނަދޫ، ދިވެހިރާއްޖެ

ފޯން: 3345237

އީ-މެއިލް: [email protected]

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: , 3345109, 33451483345110، 3345111

އީ-މެއިލް: [email protected]

 

05 ސެޕްޓެންބަރު 2023