ދިވެހިރާއްޖެ
މިކުންފުނިން ވިއްކާ މުދާ އަތޮޅުތެރޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އަތޮޅުތަކުގެ ރަށްރަށުގައި ޑިސްޓްރިބިއުޓް ކޮށްދޭނެ އެޖެންޓުން ހޯދުމަށް ބޭނުންވެއެވެ.
އެޖެންޓުން ހަމަޖެއްސުމަށް ހަމަޖެހިފައިވާ އަތޮޅާއި ކޮންމެ އަތޮޅަކުން އެޖެންޓުން ނަގާ އަދަދު.
އަދަދު |
އަތޮޅު |
2 |
ހއ |
1 |
ހދ |
2 |
ށ |
1 |
ނ |
1 |
ރ |
1 |
ބ |
1 |
ޅ |
1 |
އއ |
1 |
އދ |
1 |
ވ |
އަދަދު |
އަތޮޅު |
1 |
މ |
1 |
ފ |
2 |
ދ |
1 |
ތ |
1 |
ލ |
2 |
ގއ |
2 |
ގދ |
1 |
ޏ |
1 |
ސ |
އެޖެންޓުން ހޮވުމުގައި ބަލާނެ ކަންތައްތައް.
- އެޖެންޓް ކަމަށް ކުރިމަތިލާ ފަރާތުގެ މާލީ ހާލަތު
- އެޖެންޓް ކަމަށް ކުރިމަތިލާ ފަރާތުގެ ވިޔަފާރި ހިންގުމުގެ ޤާބިލުކަމާއި ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- އެޖެންޓް ކަމަށް ކުރިމަތިލާ ފަރާތުން އިތުރު އެހެން ވާދަވެރި މުދަލެއް ވިއްކާނަމަ އޭގެ ތަފުސީލު.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްޓީސީސީ ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓުން ދޫކުރާ އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު 08 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން ނުވަތަ 3314050 މިނަންބަރަށް ފެކްސް ކުރެއްވުން ނުވަތަ [email protected] އީމެއިލް ކުރެއްވުން އެދެމެވެ. އެޖެންޓުކަމަށް އެދި ހުށަހަޅާ ފޯމު އެމްޓީސީސީގެ ވެބްސައިޓް (www.mtcc.com.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މީގެ އިތުރުން މިފޯމު ކަށަވަރު ޝޯރޫމުންވެސް ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3001259 ނުވަތަ 3001260 އަށް ގުޅުއްވުން އެދެމެވެ.
05 ޖުމާދަލްއޫލާ 1436