މަސައްކަތް
ނަންބަރު: (IUL)438-ASPIRE/438/2023/436
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 19 ސެޕްޓެންބަރު 2023 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ބޭނުންވާ މައުލޫމާތު، ތަޢުލީމު އަދި މުއާމަލާތް ކުރުމުގެ ކެމްޕޭން ތަރައްޤީކޮށް ތަންފީޒުކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ

އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) މަޝްރޫޢުގެ ޚަރަދުތަކަށް ވަރލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރަށް ހިލޭ އެހީ ދެއްވާފައެވެ. އަދި މި ހިލޭ އެހީގެ ބައެއް ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ބޭނުންވާ މައުލޫމާތު، ތަޢުލީމު އަދި މުއާމަލާތް ކުރުމުގެ ކެމްޕޭން ތަރައްޤީކޮށް ތަންފީޒުކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ އަށް ޚަރަދުކުރުމަށް ވަނީ ގަސްތުކޮށްފައެވެ.

މި މިނިސްޓްރީގެ ފަރާތުން މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމަށް ޓީ.އޯ.އާރު. ގައިވާ ތަފްސީލުތަކާއި ގުޅޭ ގޮތަށް ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހުށަހަޅަން ވާނެއެވެ. އަދި ޓީ.އޯ.އާރު. ގައިވާ މައިގަޑު ޝަރުތުތައް ހަމަކުރަންވާނެއެވެ.

މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ "ވޯލްޑްބޭންކް ގައިޑްލައިންސް: IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓަންޓް ހޮވުމަށް ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށްފައިވާ" އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކޮލިޓީ ބޭސްޑް ސިލެކްޝަން (ކިއުބީއެސް) މެތަޑަށެވެ. ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލްތަކަށް ހުށަހަޅަން ފުރުސަތު ދެވޭނީ ޝޯޓްލިސްޓުކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މި މަސައްކަތުގެ އިތުރު މަޢުލޫމާތު މި ދަޢުވަތާއި އެކީގައި ޝާއިޢު ކުރެވިފައިވާ މި މަސައްކަތާއިގުޅޭ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔެގެން އިތުރު މަޢުލޫމާތު ސާފުކުރެވޭނެއެވެ. މައުލޫމާތު ސާފުކުރުމުގެ މުއްދަތު ސެޕްޓެމްބަރ 14، 2023 ވަނަ ދުވަހުގެ 14:00 އަށް ހަމަވާނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރ 19، 2023 ވަނަ ދުވަހު މާލެ ގަޑިން 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

އެރައިސް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3019217

އީމެއިލް: [email protected]  

ކޮޕީ: [email protected]    

05 ސެޕްޓެންބަރު 2023