އިޢުލާނު
|
މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-306927
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ޖީ.އެސް. 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ކިނބިދޫ ސްކޫލް، ތ.ކިނބިދޫ
|
މުސާރަ:
|
5020/-ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/1500 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓިންގ ކޯރ އެލަވަންސް މަހަކު -/700 ރުފިޔާ
- ސްޕެޝަލް ޑިއުޓީ އެލަވަސް: މުވައްޒަފަށް ލިބޭމުސާރައިގެ %35
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކޮންމެ ދުވަހަކު މަދުވެގެން 3 ފަހަރު ސްކޫލުގެ ރަސްމީ އީމެއިލާއި، ސްކޫލުން ދީފައިވާ ޕާސަނަލް އީމެއިލް އަދި ސްކޫލުގެ ރަސްމީ ވައިބަރ ގްރޫޕްތައް ޗެކުކުރުން
- ދުވަހުގެ މަސައްކަތު ތާވަލް ނޯޓާއެކު މޯރނިންގ މީޓިންއަށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު ހާޒިރުވުން.
- އިސްވެރިޔާ / އެޑްމިން އިންޗާޖު އެކަށައަޅާ ތާވަލެއްގެ މަތީން އޮފީސް ހުޅުވާ ލެއްޕުމާއި އޮފީސް ހުޅުވާ ލައްޕާފޮތް އަޕްޑޭޓްކުރުން.
- ސްކޫލުގެ ސްޓޮކު ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން؛ މިގޮތުން ސްޓޮކަށް ބޭނުންވާ ތަކެތި އިސްވެރިޔާ / އެޑްމިނިސްޓްރޭޓަރުގެ މަސްވަރާގެމަތިން މާލިއްޔަތުގެ ޤަވާޢިދުތަކާއި އެއްގޮތަށް ޙަރަކާތްތަކަށް ދަތިނުވާނެ އިންތިޒާމެއްގެ ދަށުން ހޯދުން.
- ސްޓޮކަށް ހޯދާ ތަކެތި ވެރިން ހަމަޖައްސަވާ އުޞޫލެއްގެ ދަށުން ދޫކުރަންޖެހޭ ފަރާތްތަކަށް ދޫކުރަމުން ގެންދިއުމާ ރެކޯޑްތައް ބެލެހެއްޓުން.
- ސްކޫލުގެ އިންވެންޓްރީ (ހަރުމުދަލުގެ ރަޖިސްޓްރީ) ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން. މިގޮތުން އިންވެންޓްރީގައި ހުންނަންޖެހޭ ތަކެތި ހަމައަށް ހުރިތޯއާއި، ތަކެތި ހުރީ ހުންނަންޖެހޭ ތަންތަނުގައިތޯ ބަލާ ޗެކްކުރުމަށްފަހު ގެންނަންޖެހޭ ބަދަލުތައް ގެނައުމާއެކު ޤަވާއިދާ އެއްގޮތަށް ނަމްބަރުޖެހުން.
- ދުވާލަކު އެއްފަހަރު ސްކޫލުގެ ޢިމާރާތްތަކުގެ ހާލަތު (ޚާއްޞަކޮށް ކުލާސްރޫމްތައް) ޗެކްކޮށް ޗެކްލިސްޓެއްގައި ރެކޯޑް ބެލެހެއްޓުން. އަދި ކުރަން ހުންނަ ކުދިކުދި މަރާމާތުތައް އެޑްމިން އިސްވެރިޔާ / އެޑްމިނިސްޓްރޭޓަރުގެ މަޝްވަރާގެމަތިން ވީހާއަވަހަކަށް އިންތިޒާމްކޮށް އެކަމެއް ހައްލުކުރުން.
- ސްކޫލުގައި ކުރަންހުންނަ އާންމު މަރާތާގުޅޭ އެންމެހާ މަސައްކަތްތައް އިސްވެރިޔާ / އެޑްމިނިސްޓްރޭޓަރު ހަމަޖައްސަވާ އިންތިޒާމެއްގެ މަތިން ކުރުން.
- ވެރިން ހަމަޖައްސަވާ ގޮތެއްގެމަތިން ސްކޫލުން ބޭރުފަރާތްތަކަށް ސްކޫލުގެ ތަކެތި ދޫކުރުމާ އެތަކެތި އަބުރާ ހޯދުމުގެ މަސައްކަތްތައް ކުރުން. އަދި މިކަމުގެ ރެކޯޑް ބެލެހެއްޓުން.
- ސްކޫލުން އިޢުލާންކޮށްގެން ކުރިޔަށްގެންދާ އަންދާސީ ހިސާބާ ގުޅޭ އެންމެހާ މަސައްކަތްތައް އިސްވެރިޔާ / އެޑްމިނިސްޓްރޭޓަރުގެ މަސްވަރާގެމަތިން ކުރިޔަށް ގެންދިއުން.
- ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާ ހަވާލުވެތިބޭ ފަރާތްތަކުގެ ކަންތައްތައް މޮނިޓަކޮށް ބެލެހެއްޓުން.
- އަހަރު ނިމުމުން އިސްވެރިޔާ / އެޑްމިނިސްޓްރޭޓަރު މަޝްވަރާގެމަތިން ނީލަންކިޔަންޖެހޭ ތަކެތި ފާހަގަކޮށް ނީލަން ކިޔުމަށް ޢިޢުލާނުކޮށް އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުން ތައްޔާރުކޮށް ނީލަންކިޔުން.
- މާލެއިން ގެންނަންޖެހޭ ތަކެތި ސްކޫލަށް ގެނައުމުގެ އިންތިޒާމް ހަމަޖެއްސުން.
- ސްކޫލުގެ ޢިމާރާތްތަކާ ގޯތިތެރޭގެ ތަރުތީބު އަދި ސާފުތާހިރުކަން ރަނގަޅު އިންތިޒާމަކުން ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަޕޯޓް ސްޓާފުން މެދުވެރިކޮށް ކުރަމުން ގެންދިއުން.
- މުވައްޒަފުންގެ ހާޟިރީގެ ކަންކަން ބަލަހައްޓާ އަދި މުވައްޒަފުންގެ ސަލާމާއި ޗުއްޓީ ރެކޯޑްގެ އެންމެހާ ކަންކަން ސިވިލް ސާރވިސްގެ ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުމާއި އެކަމާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
- ކޮންމެ ދިރާސީ އަހަރެއްގެ ފުރަތަމަ މަހުގެ ތެރޭގައި މުވައްޒަފުންގެ ޗުއްޓީ ޝެޑިއުލް ތައްޔާރުކޮށް އިސްވެރިޔާއަށް ހުށަހަޅުމާއި ސްޑިއުލް ކޮށްފައިވާ ގޮތަށް ޗުއްޓީ ޗިޓްތައްޔާރުކޮށް އެމުވައްޒަފުންނަށް ފޮނުވުން
- މުވައްޒަފުންގެ ޕާސަނަލް ފައިލުތަކަށް ލާންޖެހޭ ލިޔުންތައް ގަވާޢިދުން ފައިލްކޮށް އަޕްޑޭޑްކޮށް ބެލެހެއްޓުމާއި ފައިލް ލޭބަލް އަޕްޑޭޓްކޮށް ބެލެހެއްޓުން
- މުވައްޒަފުންގެ ހާޒިރީ ރިޕޯރޓް ކޮންމެ މަހެއްގެ 10 ގެ ކުރިން ތައްޔާރުކޮށް އެޑްމިން އިންޗާރޖަށް ހުށަހެޅުން
- ވެރިން އެދިލައްވާ ގޮތެއްގެ މަތިން ސިޓީ، މެސެޖް ނުވަތަ ދެންނެވުންފަދަ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އެތަކެތީގެ ސޮފްޓު ކޮޕީ ސޭވްކުރަން ޖެހޭ ފޯލްޑަރުގައި ސޭވްކުރުން.
- އިދާރީ އެހެން މުވައްޒަފުން ޙާޟިރުނުވާ ދުވަސް ދުވަހު އެމުވައްޒަފުންނާއި ހަވާލުކުރެވިފައިވާ، އިދާރީ ގޮތުން ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ކުރުން.
- ސްކޫލުން ދަންނަވާ ބައްދަލުވުންތަކާ ޙަރަކާތްތަކުގައި ބައިވެރިވުން.
- ސްކޫލާ ދަރިވަރުންގެ ކުރިއެރުމަށް އަދި މުވައްޒަފުންގެ އެއްބައިވަންތަކަމަށް ސްކޫލުން ރާވާ ހަރަކާތްތަކާ މަސައްކަތްތަކުގައި ބައިވެރިވުމަށް، އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން.
- ސްކޫލުން ރާވާ، ހިންގާ އެންމެހާ ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށް ސްކޫލް އޮފީހުޅުވަން ޖެހޭ ވަގުތުތަކުގައި އިސްވެރިން ކަޑައަޅާ ގޮތެއްގެމަތިން އޮފީސް ހުޅުވުމާއި އޮފީހުން ކުރަންޖެހޭ އެންމެހާ ކަންކަން ކޮށްދިނުން.
- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަ ގޮތެއްގައި ހަވާލުކުރެވޭ ސްކޫލުގެ މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ކަމާގުޅޭ މުވައްޒަފުން އެދިލައްވާގޮތުގެ މަތިން އެކަންކަން ފުރިހަމަކޮށްދެއްވުމަށް އެހީތެރިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- "މަތީ ސާނަވީ" ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނޯޓް:
މަތީގައިވާ ތިންވަނަ ޝަރުޠުން މަޤާމަށް ޝަރުޠު ހަމަކުރުމުގައި، މަޤާމަށް ކުރިމަތިލާފައިވާ ފަރާތުން 'ދިވެހި ބަހުގެ ދާއިރާ' އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވައިވުމާއެކު، އެ ސަނަދުން ޖީ.އެސް. 4 ގެ ޝަރުޠުގައި ހިމެނޭ ދެ ކޮމްޕޯނަންޓް ފުރިހަމަވާ ކަމުގައި (އެ ސަނަދުން މަޤާމަށް ޝަރުޠު ހަމަވާކަމުގައި) ބަލަންވާނެއެވެ.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
ނެތް
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިންތައް
ނެތް
މަޤާމުގެ ކޯ ޑިސިޕްލިންތައް:
ނެތް
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
އަސާސީ ޝަރުޠު ހަމަވުން
|
30
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
|
25
|
އިންޓަރވިއު
|
35
|
މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ސެޕްޓެންބަރު 2023 ވާ ބުދަ ދުވަހުގެ ގެ 14:00 ގެ ކުރިން، ކިނބިދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާނު އޮންނާނީ، 19 - 26 ސެޕްޓެންބަރު 2023 އާ ދެމެދު، ކިނބިދޫ ސްކޫލުގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780095 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|