ތަމްރީނު
ނަންބަރު: (IUL)475-Schol/475/2023/177
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 12 ސެޕްޓެންބަރު 2023 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮލޮމްބޯ ޕެލޭން - ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓް ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕް 2024

އިޢުލާން

ނަންބަރު:      (IUL475-Schol/475/2023/177)

ތާރީޚް: 5 ސެޕްޓެމްބަރ 2023

ކޮލޮމްބޯ ޕެލޭން - ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓް ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕް 2024

ޤައުމު: ތައިލޭންޑް

ކޯހުގެ މުއްދަތު: 02 އަހަރު

މާސްޓަރސް ޑިގްރީ

ކޯހުގެ ލެވެލް:

* އެޕްލައިޑް ބަޔޮލޮޖިކަލް ސައިންސް: އެންވަޔަރމަންޓަލް ހެލްތް

* އެންވަޔަރމަންޓަލް ޓޮކްސިއޮލޮޖީ

* ކެމިކަލް ސައިންސް

ކޯހުގެ ދާއިރާތައް:

މާސްޓަރސްޑިގްރީ

1.ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2. 30 ސެޕްޓެމްބަރ 2023 ގެ ނިޔަލަށް އުމުރުން 30 އަހަރުވެފައިނުވުން.

TOEFL.3 އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުން.

 .4މިއިޢުލާނާއެކު އަޕްލޯޑް ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައިވާ އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން.

 

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

4. މިއިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.

5. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް .

6. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

7. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ހަވާލުވާނަމަ، ހަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

* މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.

*  މި ސްކޮލަރޝިޕަކީ ކޮލޮމްބޯ ޕްލޭންގެ ދަށުން މެމްބަރު ޤައުމުތަކައް ހުޅުވާލެވެފައިވާ ސްކޮލަރޝިޕެކެވެ.

* މިސްކޮލަރޝިޕަށް ޝަރުތުހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓްކުރެވޭނެއެވެ. އަދި މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ "ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓް" ގެ ފަރާތުންނެވެ. * މިސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކަށް 2024 ވަނަ އަހަރު ޖެނުވަރީމަހު "ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓް" އެކަން އަންގާނެއެވެ. އަދި ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރު ޖޫން މަހުގައެވެ.

* މިސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް (ޓިއުޝަން ފީ، އެހެނިހެން އެކަޑެމިކް ފީ، ދެކޮޅު ޓިކެޓް، ވިސާ ފީ، ފަސްޓް ސެޓެލްމަންޓް އެލަވަންސް. ރިލޮކޭޝަން އެލަވަންސް، އެކޮމޮޑޭޝަން އެލަވަންސް، މަންތްލީ ސްޓައިޕެންޑް، ބުކް އެލަވަންސް، ހެލްތް އިންޝުއަރެންސް) މި ކޯސް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ.

މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، މައިއެޑިޔު ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ  ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓް ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕް ޕްރޮގްރާމް ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމާއި އެއާއެކު ހުށަހެޅުއްވި ލިޔުންތަކުގެ އެޓެސްޓަޑް އަސްލު 14 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިމިނިސްޓްރީއަށް ފޮނުއްވަން ޖެހިވަޑައިގަންނަވާނެއެވެ.

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަން ޖެހޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

* މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ މަޢުލޫމާތު ޝީޓް އަދި "އެނެކްސް 1" އިން ލިބޭނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 12 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026941 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

05 ސެޕްޓެންބަރު 2023