ނީލަން
ނަންބަރު: MWSC-F/3/ADV/2023/62
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 07 ސެޕްޓެންބަރު 2023 00:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލެ އަދި މާލެ ސައިޓުގައި ހުރި ބޭނުންކުރެވިފައިވާ ފެން މީޓަރުގެ ޑަކްޓު ދަގަނޑު ހޮޅި، ކަރުދާސް ފޮށި އަދި އެހެނިހެން ތަކެތި ވިއްކާލުން

އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލެ އަދި މާލެ ސައިޓުގައި ހުރި ބޭނުންކުރެވިފައިވާ ފެން މީޓަރުގެ ޑަކްޓު ދަގަނޑު ހޮޅި، ކަރުދާސް ފޮށި އަދި އެހެނިހެން ތަކެތި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ.

 

ވީމާ، މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 7 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެލެއްވޭނީ، މަޢުލޫމާތު ސާފު ކުރެއްވުމަށް ކަނޑައެޅިފައިވާ ސުންގަޑި އަށް ވަޑައިގެން ނަން ނޯޓު ކޮށްފައިވާ ފަރާތްތަކަށެވެ.

 

މިކަމާބެހޭ އިތުރު މަޢުލޫމަތު ހޯއްދެވުމަށް، 3323209 / 7960022 ނަންބަރުން، ސޭލްސް ހޮޓްލައިން އަށް ގުޅުއްވުން އެދެމެވެ.

ސޭލްސް ޑިޕާޓްމަންޓް

05 ސެޕްޓެންބަރު 2023