ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)168-CA/1/2023/72
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 05 އޮކްޓޫބަރު 2023 15:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
"އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް 2022-2023" އެވޯޑް އަދި " އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް ދަރިވަރު 2022-2023" އެވޯޑްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

"އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް 2022-2023" އެވޯޑް އަދި " އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް ދަރިވަރު 2022-2023" އެވޯޑްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

 

"އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް 2022-2023 " އެވޯޑް އަދި "އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބް ދަރިވަރު 2022-2023 " އެވޯޑްއަކީ ހިއުމަން ރައިޓްސް ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ދޭ 2 އެވޯޑެކެވެ. މި ދެ އެވޯޑް ދެވޭނީ ކޮންމެ ދިރާސީ އަހަރެއްގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހާސިލުކޮށްފައިވާ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބަކަށާއި ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރަކަށެވެ.

މި ދެ އެވޯޑް ދިނުމުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް ސްކޫލްތަކުގެ ދަރިވަރުން އަޙުލުވެރިކުރުވައި، މުސްތަޤްބަލްގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުމެވެ.

މި ދެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 05 އޮކްޓޯބަރ 2023ގެ ނިޔަލަށް ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ގާއިމްކުރެވިފައިވާ ހިއުމަން ރައިޓްސް ކްލަބްތަކަށާއި އެ ކްލަބް ތަކުގެ ދަރިވަރުންނަށް ހުޅުވާލަމެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް، އެވޯޑަށް ހޮވުމުގައި ބަލާނެ މިންގަނޑު، އަދި އިތުރު މައުލޫމާތު ތިރީގައިވާ ވެބްސައިޓް ލިންކުން ލިބެން ހުންނާނެއެވެ.

 https://hrcm.org.mv/dv/human-rights-club

އެޕްލިކޭޝަން ހުށަހެޅުމަށް [email protected] އަށް ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 ސެޕްޓެމްބަރ 2023

05 ސެޕްޓެންބަރު 2023