ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މަޤާމް: ޕްރިންޓަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: މުޙްޔިއްދީން ސްކޫލް
މަޤާމުގެ މުސާރަ: -/3875 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
މަޤާމުގެ ރޭންކް: އެސް.އެސް 3
ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގުރޭޑް 3
މަޤާމުގެ ޝަރުޠުތައް:
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- މަގާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް:
- ކިޔަވައިދިނުމަށް ބޭނުންވާ ހޭންޑްއައުޓާއި ވޯކްޝީޓްފަދަ ތަކެތި ޕްރިންޓްކޮށް، ކިޔަވައިދިނުމަށް ދަތިނުވާނެގޮތުގެ އިންތިޒާމު ހަމަޖެއްސުން.
- ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށްޓަކައި ބޭއްވޭ ޓެސްޓްތަކާއި، އިމްތިޙާނުތަކުގެ ޕޭޕަރުތައް ކަނޑައެޅިފައިވާ އުސޫލެއްގެމަތިން ޕްރިންޓްކުރުން.
- ކިޔަވައިދިނުމަށް ބޭނުންކުރާ މުޤައްރަރާއި މަންހަޖު ފަދަ ތަކެތި ޕްރިންޓްކޮށް، ލީޑިންގ ޓީޗަރުންގެ އިރުޝާދުގެމަތިން މުދައްރިސުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
- ސްކޫލުން އެކުލަވައިލާ، ސްކޫލުތަކުގެ މުވައްޒަފުންނާއި ދަރިވަރުންނާ ގުޅޭ ތަފާތު ޕޮލިސީތަކާއި އުސޫލުތައް ޕްރިންޓްކޮށް، ދަރިވަރުންނާއި މުވައްޒަފުންނާއި، ސްކޫލާ ގުޅުންހުރި ފަރާތްތަކުގެ ތެރެއިން އެތަކެތި ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
- ސިވިލް ސަރވިސް ކޮމިޝަނާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ފިނޭންސް ފަދަ ސަރުކާރުގެ އިދާރާތަކުގެ، މުވައްޒަފުންނާއި ސްކޫލުތަކުގެ ކިޔަވައިދިނުމާ ގުޅުންހުންނަ ޤަވާޢިދުތަކާއި ޕޮލިސީތައް ޕްރިންޓްކޮށް، މުވައްޒަފުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
- ދަރިވަރުންގެ ފައިދާއަށް ހިންގޭ އިތުރު ހަރަކާތްތަކާއި، މުވައްޒަފުންނަށް ހިނގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމްތަކަށް ބޭނުންވާ މެޓީރިއަލްސް، ކަނޑައެޅިފައިވާ އުސޫލުގެމަތިން ޕްރިންޓްކުރުން.
- ދަރިވަރުންގެ ފައިދާއަށް ހިންގޭ އިތުރު ހަރަކާތްތަކާއި، މުވައްޒަފުންނަށް ހިނގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމްތަކުގެ ސެޓްފިކޭޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެ، ސެޓްފިކެޓްތައް ޕްރިންޓްކުރުން.
- އެކި އެކި ރަސްމިއްޔާތުތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ، ދަޢުވަތު ކާޑާއި، ބެނާ، ލީފްލެޓްފަދަތަކެތި ތައްޔާރުކުރުމުގައި އެހީތެރިވެ، އެތަކެތި ޕްރިންޓްކުރުން.
- ސްކޫލަކީ، ކިޔެވުމާއި ކިޔަވައިދިނުމާ ރައްޓެހި ތަނެއްގެގޮތުގައި ދެމެހެއްޓުމަށްޓަކައި ކިޔެވުމާއި ކިޔަވައިދިނުމާ ގުޅޭ އެކި އެކި ޝިޢާރުތައް ތައްޔާރުކޮށް، އެފަދަ ތަކެތި ޑިސްޕްލޭކުރުމުގައި އެހީތެރިވެދިނުން.
- ޕްރިންޓްކުރުމަށް ބޭނުންކުރާ، ކަރުދާހާއި، ކާޓްރިޖް ފަދަ ތަކެތި، ޕްރިންޓްކުރުމަށް ދަތިނުވާނޭހެން ހޯދުމަށްޓަކައި، ކަމާ ގުޅުންހުރި މުވައްޒަފުންނަށް ހުށަހެޅުން.
- ޕްރިންޓްކުރުމަށް ބޭނުންކުރާ ޕްރިންޓަރ، ޗާޕްމެޝިން ފަދަ ތަކެތި ސަރވިސްކޮށް، މަރާމާތުކުރަން ޖެހޭނަމަ، ކަމާ ގުޅުންހުރި މުވައްޒަފުންނަށް ހުށަހެޅުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2015 މާރިޗު 5 އާއި 12 އާ ދެމެދުގައި މުޙްޔިއްދީން ސްކޫލުގައެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.muhyiddinschool.edu.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ލިބިފައިވާ ތަޢުލީމާއި ތަމްރީނުތަކުގެ ޓްރާންސްކުރިޕްޓްގެ ކޮޕީ.
ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
އ. މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު، މުޙްޔިއްދީން ސްކޫލަށެވެ. އީމެއިލް ކުރާނަމަ، [email protected] އަށް މެއިލްކުރުން އެދެމެވެ.
ނޯޓް:
- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މުޙްޔިއްދީން ސްކޫލުގެ 3390635 ނަންބަރު ފޯނަށް ނުވަތަ 3390634 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
5 ޖުމާދަލްއޫލާ 1436