ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)P2C/2015/11
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 05 މާރިޗު 2015 15:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވޮޗަރ (ދާއިމީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް: ވޮޗަރ (ދާއިމީ)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކް: އެސް އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓް

  • މަޤާމުގެ ޝަރުތު:

1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަނެއް/ސަނަދެއް/ހުއްދައެއް ހާސިލުކޮށްފައިވުން.

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، އެސް. އެސް 1 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

  • މަޤާމުގެ އަސާސީ މުސާރަ:  -/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)
  • ސަރވިސް އެލަވަންސް:  -/1000 ރުފިޔާ (އެއްހާސް ރުފިޔާ)
  • ލިވިންގ އެލަވަންސް: -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް:  އަސާސީ މުސާރައިގެ %25
  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
  • މަޤާމުގެ މައިގަނޑު މަސައްކަތް:

- ޑިއުޓީ ގަޑީގައި ކޯޓުތެރެއާއި ކޯޓު ހިމެނޭ ސަރަހައްދު ބެލެހެއްޓުން.

- ކޯޓާއި، ކޯޓުގެ މުދާ ޙިމާޔަތްކުރުން.

  • ހުށަހަޅަންޖެހޭ މަޢުލޫމާތު:

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ (އެކްރިޑެޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާގެ ލިޔުންތައް.

ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، މަތީގައިވާ ލިޔުންތަކާއެކު، 2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުން އެދެމެވެ.

7 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015