ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS79/IULAAN/2015/05
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 05 މާރިޗު 2015 13:00
އިހަވަންދޫ މަދަރުސާ
ދިވެހިރާއްޖެ
ފަރުނީޗަރ ގަންނަން

ފަރުނީޗަރ ގަންނަން ބޭނުންވެއްޖެ

މި މަދަރުސާއަށް ފަރުނީޗަރ ގަތުމަށް ކުރި އިޢުލާން ނަންބަރު، (GS79/IULAAN/2015/04)ފ(22 ޖަނަވަރީ 2015) ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވާ ބައެއް ފަރާތްތަކުގެ އަންދާސީހިސާބުގައި މަޢުލޫމާތު ފުރިހަމަވެފައިނުވާތީ ޑިސްކޮލިފައިކުރުމުން ޝަރުޠު ހަމަވާ 3 ފަރާތް ހަމަވެފައިނުވާތީ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ބޭނުންވާ ފަރުނީޗަރގެ މަޢުލޫމާތު

އައިޓަމް

ތަފުސީލު

އަދަދު

01

ރެކްޓޭންގިޔުލަރ ކޮންފަރެންސް ޓޭބަލް

ސައިޒް: 1800mm x 1200mm x 745mm

10

02

އޮފީސް ޗެއަރ

މެޓީރިއަލް : ފެބްރިކް

Medium back (adjustable) with arm rest 

Fully adjustable with full swivel 

Castor wheels 

90

03

ލޮކަރ (ތިން ކޮލަމް)

މެޓީރިއަލް -  ސްޓީލް

457mm(D) x 1830mm(H) x 1140mm(W) :ސައިޒް

9 ކޮމްޕާޓްމަންޓް (ކޮމްޕާޓްމަންޓެއްގައި އުސްމިން 2 ފޫޓު، ފުޅާމިން 1 ފޫޓު)

ކޮންމެ ކޮމްޕާޓްމަންޓެއް ވަކިން ތަޅުލެވޭގޮތަށް ތަޅުހަރުކޮށްފައި

8

ވީމާ، މިތަކެތި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ތާރީޚަށް މި މަދަރުސާގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500096 ނަންބަރު ފޯނާއެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

5 މާރިޗު 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް

12 މާރިޗު 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް

4‏ ޖުމާދަލްއޫލާ‏ 1436

23 ފެބުރުވަރީ 2015