މަސައްކަތް
ނަންބަރު: IUL/U4MC/2023/03
ޕަބްލިޝްކުރި ތާރީޚް: 05 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 11 ސެޕްޓެންބަރު 2023 13:00
އަރިއަތޮޅު އުތުރުބުރީ އުކުޅަހު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓު ނަންބަރު: IUL/U4MC/2023/01 އިޢުލާނު އަދި ނަންބަރު: IUL/U4MC/2023/02 އިޢުލާނުގެ މަސައްކަތު ބިޑު ހުށަހަޅާ ތާރީޚް ފަސްކުރުމާއިގުޅޭ:

އއ. އުކުޅަސް މެޖިސްޓްރޭޓް ކޯޓު "ކޯޓު ރޫމް"ގެ ކާޕެޓް އަޅާ ސައުންޑް ޕްރޫފް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL/U4MC/2023/01 (27 އޮގަސްޓް 2023) އިޢުލާނު ގެ ބިޑް ހުށަހަޅަންވީ ތާރީޚް ވަނީ 11 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 01:00 އަށް ފަސްކުރެވިފައެވެ.

އަދި އއ. އުކުޅަސް މެޖިސްޓްރޭޓް ކޯޓު ފާޚާނާ މަރާމާތު މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL/U4MC/2023/02 (27 އޮގަސްޓް 2023) އިޢުލާނު ގެ ބިޑް ހުށަހަޅަންވީ ތާރީޚް ވަނީ 11 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 01:30 އަށް ފަސްކުރެވިފައެވެ.

           ބިޑް ކެނޑުން ކުރިއަށްގެންދާނީ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލަވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.                                                     މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 6661015 އަށް ގުޅުއްވައިގެން ނުވަތަ [email protected] އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

           ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                     20 ޞަފަރު 1445

05 ސެޕްޓެންބަރު 2023