ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަށް ބޭނުންވާ ކަޓް އޮފް ސޯ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން IUL)448/1/2015/3) އާ ގުޅިގެން ބިޑް ހުށަހެޅުއްވި ފަރާތްތައް މަދުވުމުން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
04 ޖުމާދަލްއޫލާ 1436