ވަޒީފާގެ ފުރުޞަތު
ނަންބަރު: 145-A/2015/
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 10 މާރިޗު 2015 14:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް

 ޖީ.އެސް 3

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް

- ސަރވިސް އެލަވަންސް: -/1500 ރުފިޔާ (ފަނަރަ ސަތޭކަރުފިޔާ)

ލިވިންގ އެލަވަންސް: -/2700 ރުފިޔާ (ދެހާސް ހަތްސަތޭކަ ރުފިޔާ) 

-ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %40 

- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން [ޑީ] ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ގްރޭޑް ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1. ޝަރީޢަތާ ގުޅޭ ކަންކަމުގައި ހާޒިރުކުރެވޭ ފަރާތްތަކާއި، ޝަރީޢަތާ ގުޅުންހުރި މުޢާމަލާތްތައް ހިންގުން.

2. ޝަރީޢަތުގެ މަޖިލީހުގެ ކަންތައް ބެލެހެއްޓުން.

3. ޝަރީޢަތާބެހޭ އިދާރީ މަސައްކަތްތައް ކުރުން.

4. ރެކޯޑިންގ ބަޔާންތައް ލިޔުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1. ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު

2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި، ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މި ބަޔަށް މާކްސް ދިނުމުގައި ގުނޭނީ، ސަރުކާރުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކޮށްފައިވާ ނަމައެވެ. މި ލިޔުމުގައި، އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.)

ސުންގަޑި

2015 މާރިޗު 10 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު

  • މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ، ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓު  www.criminalcourt.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.
 5 ޖުމާދަލްއޫލާ 1436
24 ފެބުރުވަރީ 2015