ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448-ASS/1/2015/18
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 01 މާރިޗު 2015 14:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ކޮމްޕްރެޝަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަށް ބޭނުންވާ ކޮމްޕްރެޝަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން IUL)448/1/2015/2) އާ ގުޅިގެން ބިޑް ހުށަހެޅުއްވި ފަރާތްތައް މަދުވުމުން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

04 ޖުމާދަލްއޫލާ 1436

23 ފެބުރުވަރީ 2015