ދިވެހިރާއްޖެ
އަންދާސީހިސާބު ބާޠިލުކޮށް އަލުން އިޢުލާން ކުރުން
މި ސްކޫލް ސްޓޭޝަނަރީސް ހޯދަން ކުރެވުނު ނަންބަރު: RS/IUL/2015/04ފ(28 ޖަނަވަރީ 2015) އިޢުލާނާ ގުޅިގެން ބިޑްތައް އިވެލުއޭޓްކުރި ކުރުމުގައި ހުށަހެޅި ބައެއް ބިޑްތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:00އަށް އަންދާސީހިސާބު މި ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3359901 ނަންބަރު ފޯނާއެވެ.
05 ޖުމާދަލްއޫލާ 1436