ބީލަން
ނަންބަރު: (IUL)248-PRU/248/2023/77
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 20:36
ސުންގަޑި:
14 ސެޕްޓެންބަރު 2023 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2023 ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
- އިހަވަންދޫ ކައުންސިލް އިދާރާއިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކައުންސިލް ކަޕް ފުޓަސަލް ޗެލެންޖް 2023 ހިންގާދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ.
- މި ޕްރޮޕޯސަލަށް ހުށަހެޅޭނީ ޤަނޫނު ނަންބަރު: 2014/18( ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގެ ޤާނޫނު ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 2014/19 (ފަރުދުންގެ ވިޔަފާރީގެ ރަޖިޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި' ޤާނޫނު ނަންބަރު: 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކަށެވެ.
- މި ޕްރޮޕޯސަލްގައި ރަޖިސްޓްރީ ކުރުމަށް 2023 ސެޕްޓެމްބަރ 04 އިން 2023 ސެޕްޓެމްބަރ 09 ގެ ނިޔަލަށް [email protected] މެއިލްކުރައްވައިގެން ނުވަތަ 6500256 ނަންބަރަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޕޯސަލްއާއި ބެހޭގޮތުން މަޢުލޫމާތު ދިނުން 2023 ސެޕްޓެމްބަރ 11 ވާ ހޯމަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.
- ޕްރޮޕޯސަލް ހުށަހެޅުމަށް 2023 ސެޕްޓެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިހަވަންދޫ ކައުންސިލް އިދާރާގެ [email protected] އަށް މެއިލް ކުރެއްވުއެދެމެވެ.
- މިޕްރޮޕޯސަލާއި ބެހޭ މަޢުލޫމާތު ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- ޕްރޮޕޯސަލާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ފަރާތާއި ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.
އ.ކައުންސިލް އެގްޒެކްޓިވް ޢަލީ އަރުޝަދު
މޯބައިލް: 9850584
04 ސެޕްޓެންބަރު 2023