ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިގުރަށް/ދިވެހިރާއްޖެ.
ނަންބަރު: 353/353/2023/48(IUL)
އިޢުލާން
ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ދާއިމީ ލިސްޓް ޢާންމުކުރުން
މިއިދާރާގެ ނަންބަރު: (IUL)353/353/2023/47(03 ސެޕްޓެމްބަރު 2023) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.
އދ. ދިގުރަށުން 77 ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ދާއިމީ ލިސްޓް މި އިޢުލާނާއެކު ޢާއްމުކުރަމެވެ. ދާއިމީ ލިސްޓުގައިވާ 77 ފަރާތައް ލިބޭ ގޯތި ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން (ޕްލޮޓް ގުރުއަތުލުން) 04 ސެޕްޓެމްބަރު 2023 ވާ ހޯމަ ދުވަހުގެ ރޭ (މިރޭ) 21:00 ގައި އދ.ދިގުރަށު ސްކޫލްގެ ހޯލްގައި އޮންނާނެއެވެ.
މިރަށުން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުގައި ގޯތި ލިބޭ އެންމެހާ ފަރާތްތައް މަތީގައި ދެންނެވިފައިވާ ތާރީޚުގައި ދިގުރަށު ސްކޫލްގެ ހޯލަށް ވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ބަދަލުގައި ބޭފުޅެއް ފޮނުއްވާނަމަ ވެރިފަރާތުގެ ސިޓީއަކާއިއެކު ހާޒިރުވުމަށް ދަންނަވަމެވެ. މިއިން ފަރާތަކަށް ހާޒިރުނުވެވޭ ޙާލަތުގައި "އަރިއަތޮޅު ދެކުނުބުރީ ދިގުރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2023" ގެ 18 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން ގުރުއަތުލުން ބާއްވާ ބައްދަލުވުމަށް ގޯތިލިބޭ ފަރާތުން ނުވަތަ ލިޔުމުން ބާރުދީފައިވާ ފަރާތުން ހާޒިރުނުވާނަމަ، ގުރުއަތު ނަގާނީ ކޮމެޓީއިން ފާސްކުރާ ތަރުތީބަކުން ކޮމެޓީގެ މެންބަރުންނެވެ.
މީގެއިތުރުން ގޯތި ދޫކުރުމުގެ އުސޫލުގެ 14 ވަނަ މާއްދާގެ (ހ) ގައިވާ "ގޯތިލިބޭ ފަރާތްތަކުގެ ލިސްޓުން ނަން އުނިވާނެ ޙާލަތްތައް" މިބައިގެ 2 ވަނަ ނަންބަރުގައިވާ "ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް އާންމުކުރުމުގެ ފަހުން، އެއްވެސް ފަރާތަކުން ދީފައިވާ އެއްވެސް މަޢުލޫމާތެއް ޞައްޙަނޫންކަން ކަށަވަރުވެ ޔަޤީންވުން" މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ ފަރާތެއްގެ ނަން ދާއިމީ ލިސްޓުން އުނިކުރެވޭނެކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
19 ޞަފަރު 1445
04 ސެޕްޓެމްބަރު 2023
(ސޮއި)
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް