ބީލަން
ނަންބަރު: (IUL)328-ED/328/2023/74
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:42
ސުންގަޑި: 02 އޮކްޓޫބަރު 2023 14:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ކުރެންދޫ ފުޓްބޯޅަދަނޑުގެ ވަށާފާރުރާނައި ފެންސް ޖަހާދޭނެ ފަރާތެއް ބޭނުންވެއްޖެ.

ފާދިއްޕޮޅު ކުރެންދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރުރާނައި ފެންސް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު

ނަމްބަރ: (IUL)328-ED/328/2023/73(22 އޯގަސްޓް 2023) އިޢުލާނާއި ގުޅިގެން އެކަމަށްއެދި ޝައުޤުވެރިކަން

ފާޅުކުރަށްވާފައިވަނީ އެއްފަރާތަކުން ކަމުގައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުންމިމަސައްކަތް އަމިއްލަތަކެތީގައި

ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ.

       

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2023ވާ ބުރާސްފަތި ދުވަހުގެ

14:00ގެ ކުރީން މިއިދާރާއަށް ލިއުމަކުން ހުށަހަޅުއްވައިގެން ނުވަތަ، އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން

އެދެމެވެ.  މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.

ބިޑްރަޖިސްޓަރ ކުރެއްވުމަށް ފޮނުވާއިރު ހިމަނަންޖެހޭ މަޢުލޫމާތު:

1-  އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-  ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-  ގުޅޭނެ ފޯނު ނަންބަރު

4-  އީމެއިލް އެޑްރެސް

5-   މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި، އައިޑެންޓިޓީ ކާޑްގެ ސާފު ފޮޓޯކޮޕީއެއް

މެއިލްގައި އެޓެޗް ކުރަންވާނެއެވެ.

 އަންދާސީހިސާބު ހުށަހެޅުއްވުން އޮންނާނީ 02 އޮކްޓޯބަރ 2023ވާ ހޯމަ ދުވަހުގެ 14:00ގައި މިއިދާރާގައެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލްކުރެއްވުންއެދެމެވެ.

ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6620001 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު

ސާފްކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

04 ސެޕްޓެންބަރު 2023