ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CB./38/2023/395
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:17
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2023 ގައި ވޯޓު ދިނުމުގެ ޙައްޤު ކަށަވަރުކުރުމާ ގުޅޭ

(IUL)38-CB./38/2023/395 :ނަންބަރު

އިޢުލާން

ރިޔާސީ އިންތިޚާބު 2023 ގައި ވޯޓު ދިނުމުގެ ޙައްޤު ކަށަވަރުކުރުމާ ގުޅޭ؛

09 ސެޕްޓެންބަރު 2023 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ކަށަވަރުކުރުމާ ގުޅޭ ގޮތުން ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުންނާއި އެކި ޖަމާޢަތްތަކުން ހުށަހަޅަމުންދާ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް ވޯޓުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

1. ވޯޓުލުމަށްޓަކައި،  ވޯޓުލާ މަރުކަޒަށް ވެއްދޭނީ އާދައިގެ ގަލަމެއްކަމުން ތަފާތު ކުލަ ކުލައިގެ ގަލަމާއި، މާކަރު ފަދަ ތަކެތި ބޭނުންކުރުމަކީ ޤާނޫނު މަނާކުރާ ކަމެއް ކަމުގައިވާތީ، ކުލަކުލައިގެ ގަލަމުންނާއި، މާކަރުން ވޯޓުކަރުދާހުގައި ފާހަގަ ނުޖެހުމަށް އިލްތިމާސްކޮށް ވޯޓު ކަރުދާހުގައި ފާހަގަޖަހަންވާނީ، ވޯޓުލާ މަރުކަޒުތަކަށް ކޮމިޝަނުން ފޮނުވާ އާދައިގެ ނޫ ނުވަތަ ކަޅު ކުލައިގެ ދެލީގެ ގަލަމަކުން ކަމާއި، އެހެންނަމަވެސް ވޯޓުލުމަށްޓަކައި ވޯޓުލާ ފަރާތްތަކަށް އާދައިގެ ކަޅު ނުވަތަ ނޫކުލައިގެ ދެލީގެ ގަލަމެއް ބޭނުންކުރެވިދާނެ ކަމާއި، މިފަދަ ޙާލަތްތަތަކުގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލުންގެ ތެރެއިން އޮފިޝަލަކު، އެ ގަލަން ޗެކުކޮށް، އެ ގަލަމަކީ އާދައިގެ ގަލަމެއްތޯއާއި ގަލަމުގެ ދެލީގެ ކުލައަކީ ކަޅު ނުވަތަ ނޫ ކުލަތޯ ކަށަވަރުކުރުމަށްވެސް، ކޮމިޝަނުން ވަނީ ނިންމާފައެވެ.

2. މީގެއިތުރުން ވޯޓުކަރުދާހުގައި ކެންޑިޑޭޓުގެ ނަމާދިމާގައި ފާހަގަޖެހުމުގައި އެއްފާހަގައަށްވުރެ ގިނަ ރަނގަޅު ފާހަގަޖެހުމަކީ މަނާކަމެއްކަމުގައި ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ.

3. އަދި ވޯޓުލާ މަރުކަޒުތަކުގައި ވޯޓިން ބޫތު ބަހައްޓަންވާނީ، ވޯޓުލާ މީހާގެ ޙަރަކާތްތައް ވޯޓުލާމީހާގެ ފުރަގަހުން ފެންނާނެހެން، އޮފިޝަލުންނާއި އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް، ވޯޓުލާމީހާގެ ފުރަގަސް ފެންނާނޭހެންކަމުގައި ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެހެންކަމުން ވޯޓުކަރުދާހުގައި އެއްފާހަގައަށްވުރެ ގިނަ ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓުކަރުދާހާއި، އެކި ކުލަކުލައިގެ ދެލީގެ ގަލަމާއި މާކަރު ބޭނުންކޮށްގެން ފާހަގަޖަހާފައިވާ ވޯޓުކަރުދާސް ގުނާނީ ބާޠިލްވޯޓުގެ ގޮތުގައިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

04 ސެޕްޓެންބަރު 2023