ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2023/83
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 07 ސެޕްޓެންބަރު 2023 14:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗަށްއެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާގޮތާ ގުޅިގެން ހުށަހެޅުނު ޝަކުވާތައް ބަލާ ގެނެވުނު ބަދަލު

ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާބެހޭ ގޮތުން ޝަކުވާ ހުށަހެޅުމަށް މި ކައުންސިލުންކުރި ނަމްބަރު: (IUL)257/257/2023/20 ( 16 ފެބުރުއަރީ 2023 ) އިޢުލާނާ ގުޅިގެން ހުށަހެޅި ޝަކުވާތަކަށް ބަލާ، ގެނެފިވައިވާ ބަދަލުތައް އެގޭނޭ ލިސްޓް މި ޢިއުލާނާއެކު ޢާންމު ކުރީމެވެ. އަދި، މިހާރު ޕޮއިންޓް ދެވިފައިވާގޮތާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ 07 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން ޝަކުވާ ހުށަހެޅޭނީ މަތީގައި ޙަވާލާ ދެވިފައިވާ އިޢުލާނާ ގުޅިގެން ޝަކުވާ ހުށަހެޅުއްވި ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ސެޕްޓެންބަރު 2023