ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) GZS/2015/08
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:05
ސުންގަޑި: 08 މާރިޗު 2015 15:00
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ 

މަޤާމުގެ ރޭންކް:

GS 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ނަންބަރު:

243400، 243398

ބޭނުންވާ އަދަދު:

2 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ޣާޒީ ސްކޫލް، ހުޅުމާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން ސެކްޝަން

މުސާރަ:

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސަައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސްކޫލަށް ލިބޭ ބިލުތައް ޖޫރިމަނާ ނުވާގޮތަށް ފިނޭންސް ސެޕް މެދުވެރިކޮށް ފައިސާ ދައްކަންޖެހޭ ބިލުތަކަށް ފައިސާ ދެއްކުމުގެ މަސައްކަތް ކުރުން.
  • ސްކޫލުގެ މުވައްޒަފުންގެ މުސާރައާ ގުޅުންހުރި މަސައްކަތްތައް ކުރުން.
  • ފިނޭންސް ސެޕް މެދުވެރިކޮށް ޕޭރޯލް (މުސާރައިގެ މަސައްކަތް) މަސައްކަތް ކުރުން.
  • ޖެހިގެން އަންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުން.
  • ބަޖެޓާ ގުޅުންހުރި ރިޕޯޓްތައް ހެދުން.
  • މިނިސްޓްރީއަށް ފޮނުވަންޖެހޭ ބަޖެޓް ރިޕޯޓްތަކާއި، އެހެނިހެން ލިޔެކިޔުންތައް ފޮނުވުމުގެ މަސައްކަތް ކުރުން.
  • ސެޕް މެދުވެރިކޮށް ދުވަހުން ދުވަހަށް ސްޓޮކަށް ގަންނަންޖެހޭ ތަކެތި ގަތުމަށް ޕީއޯ ތައްޔާރުކުރުން.
  • ސްޓޮކަށް ގެންނަތަކެތި ބާކީކޮށް ރަނގަޅަށް ބެލެހެއްޓުން.
  • ސިވިލް ސަރވިސް ކޮމިޝަނުގެ ބަޖެޓާ ގުޅުންހުރި ދެންނެވުންތަކުގައިވާ މުހިންމު މަޢުލޫމާތާއި، ބަޖެޓާ ގުޅުންހުރި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސަރކިޔުލަރތަކާއި، މުދަލާއި ފައިސާއާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކާއި، މިނިސްޓްރީން ތައްޔާރުކުރާ މުހިންމު މަޢުލޫމާތުތައް މުވައްޒަފުންނަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރުން.
  • އޮފީހުގެ ޑިއުޓީ ނެގުމާއި އޮފީސް ހުޅުވައި ލެއްޕުން.
  • މަރާމާތުގެ މަސައްކަތްތަކަށް އިޢުލާންކުރުން.
  • މަރާމާތާ ގުޅިގެން ކުރެވިފައިވާ އިޢުލާނުތަކަށް ބިޑް ތައްޔާރުކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތައްކުރުން.
  • މަސައްކަތުގެ އެގްރީމަންޓްތައް ތައްޔާރުކުރުން.
  • ދުވަހުން ދުވަހަށް ސްކޫލް މެއިލްޗެކްކުރުމާއި، ސްކޫލަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް ބެލެހެއްޓުމާއެކު، އަވަސް ތަކެތި ވަގުތުން ވަގުތަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.
  • ސްކޫލުން އެކިއެކި ފަރާތްތަކަށް ފޮނުވާ ސިޓީ، މެސެޖް ފަދަތަކެތި ވަގުތުން ވަގުތަށް ނުވަތަ ހަމަޖެހިފަވާ ގަޑިއަކަށް ފޮނުވުން.
  • އަމިއްލަ ފަރާތްތަކުން ސްކޫލަށް ލިބޭ  ސީޓީތަކަށް ކަމާގުޅޭ ވެރިއެއްގެ ލަފާގެމަތިން ޖަވާބުދިނުން.
  • ކިޔަވައިދިނުމާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީންނާއި ތަޢުލީމީ ދާއިރާތަކުން ލިބޭ ސިޓީތަކަށް، ވެރިންގެ ލަފާގެމަތިން ޖަވާބުދިނުން.
  • ދުވަހުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެނިންމައި، ކޮންމެ ދުވަހުވެސް  ކުރީދުވަހުގެ ޔައުމިއްޔާ އެޑްމިނިސްޓްރޭޓަރަށް ނުވަތަ ކަމާބެހޭ ވެރިޔަކަށް ހުށަހެޅުން.
  • ކޮންމެ މީލާދީ މަހެއްގެ 17 ވަނަދުވަހުގެ 14.00 ގެ ކުރިން ގަޑީލާރި ރިޕޯޓް ތައްޔާރުކޮށް، ބަޖެޓް ސެކްޝަނަށް ހުށަހެޅުން.
  • ސްކޫލުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  • މަސައްކަތް މީހުންގެ ޑިއުޓީ ތައްޔާރުކުރުން.

 

 

މަޤާމުގެ ޝަރުޠު:

  • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  •  މަތީ ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

 

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތް ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.

އިންޓަވިއުކުރުން:

  • މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށް ފަހުގައެވެ.  އިންޓަވިއު އޮންނާނީ، 9 މާރިޗު 2015 ގައެވެ.  
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއިއެވެ.
  • މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޣާޒީ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2015 މާރިޗު 8 ވާ އާދީއްތަ ދުވަހުގެ 15.00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ޣާޒީ ސްކޫލުގެ އެޑްމިން އޮފީހަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޣާޒީ ސްކޫލުގެ 3350773 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

7 ޖުމާދަލްއޫލާ 1436

 
26 ފެބުރުވަރީ 2015