ބީލަން
ނަންބަރު: (IUL)345-MS/345/2023/48
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 11 ސެޕްޓެންބަރު 2023 13:30
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.މާޅޮހު ކައުންސިލް އިދާރާއަށް ލޭބަރުން ހޯދުން

                                                 ނަންބަރު: (IUL)345-MS/345/2023/48

އިޢުލާން

އއ.މާޅޮހު ކައުންސިލް އިދާރާއަށް ލޭބަރުން ހޯދުން: 

 

               މިކައުންސިލްގެ މުނިސިޕަލް މަސައްކަތް ކުރުމަށް ބޭނުންވާ ލޭބަރުން 5 އަހަރު ދުވަހުގެ މުއްދަތަށް ރެކްރޫޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، އިޢުލާނާއެކުގައިވާ މަޢުލޫމާތު ޝީޓުގައިވާ ގޮތުގެމަތީން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ މިމަސައްކަތް ކުރުމަށް ހުއްދަލިބިފައިވާ ފަރާތަކަށްވާންވާނެއެވެ.

ބިޑް ރަޖިސްޓްރީކުރުން:

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލްގައި ބިޑް ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާނުކުރެވޭ ދުވަހުން ފެށިގެން 11 ސެޕްޓެމްބަރ 2023 (ހޯމަ) ދުވަހާއި، ދެމެދު ސަރުކާރު ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30އިން މެންދުރުފަހު 13:30އާއި ދެމެދުއެވެ. މި އިދާރާގެ އީމެއިލް [email protected] އަދި ކައުންސިލްގެ ނަންބަރު 6660059 އަށް ގުޅައިގެން ބިޑް ރަޖިސްޓަރީ ކުރެވޭނެއެވެ. ބިޑް ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑާއި ގުޅޭ އެންމެހާ މަޢުލޫމާތު ސާފުކުރުމަކީ ބިޑް ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަމުގައި ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން.

އަންދާސީ ހިސާބު ހުށަހަޅާނީ 18 ސެޕްޓެމްބަރ 2023 (ހޯމަ) ދުވަހުގެ 13:00 ގެކުރިން އއ. މާޅޮހު ކައުންސިލް އިދާރާ އަށް ނުވަތަ މިއިދާރާގެ އީމެއިލް [email protected] އެޑްރެހަށެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން:

               މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ކައުންސިލްގެ ނަންބަރު 6660059 އަށް ގުޅުއްވުން އެދެމެވެ.

         ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

04 ސެޕްޓެންބަރު 2023