ދިވެހިރާއްޖެ
ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމް އަދި މެޖިސްޓްރޭޓް ރޫމަށް ބައެއް އިތުރުކޮށް މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް، މިކޯޓުން ކުރި ނަންބަރ: A/E18C/2023/01(IUL) (13 އޮގަސްޓް 2023) އިޢްލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީކުރެއްވުމަށް 11 ސެޕްޓެމްބަރ 2023ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާނީ 20 ސެޕްޓެމްބަރ 2023ވާ ބުދަ ދުވަހުގެ 11:00ށް ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓަށެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓްތައް މެއިލްކުރެވޭނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 11 ސެޕްޓެމްބަރ 2023ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ރެޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ. ބިޑް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.