ދިވެހިރާއްޖެ
2021 ވަނަ އަހަރު ރ.އިނގުރައިދޫއިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ކަނޑައަޅާފައިވާ 52 ( ފަންސާސް ދޭއް ) ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރ: (IUL)309-ESM/309/2021/7 ( 14 ފެބްރުވަރީ 2021 )ގެ އިޢުލާނަށް އިޖާބަދީ، 375 ފަރާތުން ހުށަހަޅާފައިވާ ފޯމްތަކާއި ގުޅިގެން އާއްމު ކުރެވިފައިވާ މިއިދާރައިގެ ނަންބަރ: (IUL)309-ESM/309/2023/122 އިޢުލާނާއިއެކު އާއްމު ކުރެވިފައިވާ ގޯއްޗަށް އެދި ފޯމް ހުށިހެޅި ފަރާތްތަކުގެ ތެރެއިންޝަރުތު ހަމަވާ / ޝަރުތު ހަމަނުވާ މީހުންގެ ލިސްޓް އިސްލާހްކޮށް އަލުން އާއްމުކުރީމެވެ.
ވީމާ، އާއްމު ކުރެވިފައިވާ ލިސްޓްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 11 ސެޕްޓެންބަރ 2023 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ޝަކުވާ ހުށަހަޅާނީ ތިރީގައިމިވާ ގޫގަލް ލިންކު މެދުވެރިކޮށް ނުވަތަ ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށެވެ. ޝަކުވާ ހުށަހަޅާ ފޯމް އިނގުރައިދޫ ކައުންސިލް އިދާރައިގެ ކައުންޓަރުންނާއި އަދި ދިވެހިރާއްޖޭގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
ގޫގަލްފޯމް: https://forms.gle/1d8LGkktEHG7bmXHA
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.