ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 366/2023/29
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 11 ސެޕްޓެންބަރު 2023 13:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހަން ދަސްކޮއްދޭ ކޯހުގައި ބައިވެރިވުމާއި ގުޅޭ:

         މ. ނާލާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ކްރިއޭޓިވް ޕްރޮޑަކްޓްސް ގުޅިގެން 2023 ސެޕްޓެމްބަރ 20 އިން އެއް މަސްދުވަހުގެ މުއްދަތަށް ފަހަން ދަސްކޮއްދޭ ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިންނަށް ދަސްކޮއްދޭ ބައިތަކުގެ ތެރޭގައި މިން އަޅައިގެން ކެނޑުމާއި، ޓޮޕް/ ބެލްސް/ދިގުހެދުން/ ގަމީސް/ ކުޑަކުދިންގެ ޕާރޓީހެދުން، އަބާޔާ ފަދަ ތަކެތި ހިމެނެއެވެ.

         ކޯހުގައި ބައިވެރިވާ ފަރާތްތަކުން ބޭނުންކުރާނޭ ފަހާފޮށި ހޯދަންވާނީ އެފަރާތަކުންނެވެ. މީގެ އިތުރުން ކޯހަށް ބޭނުންވާ އެހެނިހެން ތަކެތި ފޯރުކޮއްދެވޭނެއެވެ. މިކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި އިޢުލާނާއި އެކުގައިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2023 ސެޕްޓެމްބަރ 11 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ގޫގްލް ފޯމް ލިންކް:

https://docs.google.com/forms/d/e/1FAIpQLSd6qVl4ZL7t2rHZBGHdTINOIRakCXP5f1YCtYTOxN_DLgSzzw/viewform?usp=sf_link

ކޯހުގެ ފީ: 2000.00 ރުފިޔާ

ކޮންމެ ބައިވެރިއަކު ދައްކަން ޖެހޭނީ: 1500.00 ރުފިޔާ

ބާކީ 500.00 ރުފިޔާ ދައްކާނީ ނާލާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިންނެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 ސެޕްޓެންބަރު 2023