ނީލަން
ނަންބަރު: (IUL)307/INDIV/2023/62
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 07 ސެޕްޓެންބަރު 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ލަކުޑި ދޯންޏެއް ނީލަން ކިއުން

                                                             (IUL)307/INDIV/2023/62 :ނަންބަރު   

މިކައުންސިލްގެ ނަންބަރު (IUL)307/INDIV/2023/58  އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، ކައުންސިލްގެ ބެލުމުގެދަށުގައި މިރަށުގެ ބަނދަރު ހުޅަނގުކޮޅު އޮޑިއެހެލާ ބާލާ ސަރަހައްދުގައި އޮތް ލަކުޑި ދޯނި (ސީލިންކް 2) ނީލަން ކިއުމަށް އަލުން ހުޅުވާލަމެވެ.

ވީމާ، ނީލަމުން މި ލަކުޑިދޯނި ނެންގެވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ބަނދަރުގެ ހުޅަނގު އޮޑިއެހެލާ ބާލާ ސަރަހައްދަށް ވަޑައިގެން ނީލަމުގައި ބައިވެރިވެލުމަށް ދައުވަތުއަރުވަމެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވަނީ 50,000/- (ފަންސާސް ހާސް ރުފިޔާ) އިންނެވެ. އިތުރު މައުލޫމާތު ހޯދުމަށް 7965507 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

04 ސެޕްޓެންބަރު 2023