ވަޒީފާގެ ފުރުޞަތު
ނަންބަރު: HRH/I/2015/02
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި: 09 މާރިޗު 2015 14:30
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޭޝިއަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ކޭޝިއަރ

ބޭނުންވާ އަދަދު :

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން 

އޮފިސަރ ގްރޭޑް 1   

ރޭންކް: GS 3

މުސާރަ

މަހަކު -/4465 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން

އެޑްމިން އެންޑް ހިއުމަން ރިސޯސަސް

ސެކްޝަން /ޔުނިޓް

އޯ.ޕީ.ޑީ / ރެޖިސްޓްރޭޝަން

މަސައްކަތް ކުރަންޖެހޭ ތަން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ކުރަންޖެހޭ މައިގަނޑު

މަސައްކަތްތައް

- ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާ ގާތް ގުޅުމެއް ބަހައްޓައި، ހިނިތުންވުމާއި އޯގާތެރިކަމާއެކު ޚިދުމަތް ދިނުން.

- ޑިއުޓީ އުޞޫލުން މަސައްކަތް ކުރުން.

- ހޮސްޕިޓަލުން އަގުނަގާގޮތަށް ހަމަޖެހިފައިވާ ޚިދުމަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ބަލައިގަތުން.

- ޚިދުމަތަށް އަގުނެގުމުގައި އަގު ކަނޑައަޅާފައިވާ ލިސްޓްގައިވާ ގޮތުގެ މަތީން އަގު ނެގުން އަދި ލިސްޓްގައި އަގު ކަނޑައެޅިފައިނުވާ ޚިދްމަތެއް ދޭންޖެހިއްޖެނަމަ، ޑިޕާޓްމަންޓުގެ އިސްވެރިއަކަށް ދަންނަވައިގެން އަގު ސާފުކުރުމަށްފަހު އަގު ނެގުން.

- ހޮސްޕިޓަލުން ޚިދްމަތްދެވެން ނެތިގެން ޙާލުބޮޑުވެގެން މާލެއަށް ނުވަތަ އެހެން ތަނަކަށް ބަލިމީހަކު ގެންދަން ޑޮކްޓަރު ރިފަރކުރައްވައިފިނަމަ، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ލަސްނުކޮށް ހަމަޖެހިފައި އޮންނަ އުޞޫލުން ވީހާވެސް އަވަހަކަށް ކުރުމާއި، އެކަންތައް ކުރިއަށްދާގޮތް  ބަލިމީހާގެ މީހުންނަށް ސާފުކޮށް ބުނެދިނުން.

- ޢާއްމުކޮށް ބިލް ހަދާގޮތަށް އޮފީހުން ކަނޑައެޅިފައިވާ ފަރާތްތައް ފިޔަވައި، ފަހުން އަގުދައްކާގޮތަށް އެއްވެސް ފަރާތަކަށް ޚިދުމަތެއް ދޭނަމަ، އެފަރާތްތަކުން އެ ޚިދުމަތަށް އެދުނު ލިޔުން ހޯދައި، ވެރިއަކަށް ދަންނަވައިގެން ހުއްދަ ހޯދުން.

- ތަފާތު އިންޝުއަރެންސުތަކުގެ ދަށުން ޚިދުމަތްދެވޭ މީހުންގެ ބިލުތައް ހަދައި، އެ ބިލުތަކާއި އިންވޮއިސްތައް ދުވަހުން ދުވަހަށް އެންޓަރކޮށް، ބިލުތަކުގެ އަޞްލާއި އިންވޮއިސް، އިންޝުއަރެންސް އޮފީހަށް ފޮނުވުމަށް ފައިސާއާބެހޭ ސެކްޝަނާ ހަވާލުކުރުން.

- އުޞޫލާ އެއްގޮތަށް އަތްމަތީ ފައިސާ ޚަރަދުކޮށް ބެލެހެއްޓުން.

 

މަޤާމުގެ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް  އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞުލުން އިތުރުގަޑީގެ ފައިސާ.

2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިސްކް އެކުލެވޭ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް މުވައްޒަފުންނަށް ރިސްކް އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން (އާންމުގޮތެއްގައި މި މަޤާމަށް ކަނޑައެޅިފައިވަނީ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/25ރުފިޔާއެވެ. ނަމަވެސް ކަނޑައެޅިފައިވާ ވަކިއަދަދަކަށްވުރެ އިތުރަށް އާމްދަނީގެގޮތުގައި ފައިސާ ބަލައިގަނެވޭ ދުވަސްތަކަށް ދުވާލަކަށް -/75 ރުފިޔާ ލިބޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް  (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުން ކިޔަން އެނގޭފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 މާރިޗު 9 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 އޭޕްރީލްމަހުގެ ތެރޭގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި.

 ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6885046 ނަންބަރު ފޯނަށް ނުވަތަ 6885045 ނަންބަރު ފޯނަށެވެ.

- ފޯނުކުރާނީ ރަސްމީ ގަޑީގައެވެ. 

- ވަޒީފާއަށް އެދޭ ފޯމު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، ހުޅުމީދޫ ޞިއްޙީ މަރުކަޒާއި، ފޭދޫ ޞިއްޙީ މަރުކަޒާއި، މަރަދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.

 4 ޖުމާދަލްއޫލާ 1436
23 ފެބުރުވަރީ 2015