ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2023/258
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 05 ސެޕްޓެންބަރު 2023 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އިންޖީނު އޮޕަރޭޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އިންޖީނު އޮޕަރޭޓަރ

ވަޒީފާގެ ދާއިރާ:

އއ.ތޮއްޑޫ އިންޖީނުގެ

ބޭނުންވާ ޢަދަދު:

03

މުސާރަ:

-/8,000ރ އާއި -/11,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 03 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ގްރޭޑް 10 ނިންމާފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޝިފްޓް ޑިއުޓީ ކުރުމާއި، އިންޖީނުތަކާއި ފެން ޕްލާންޓް ހިންގައި، އިންޖީނުތަކާއި ފެން ޕްލާންޓްގެ އެހެނިހެން އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުސޫލުން ބެހެލެއްޓުން
  • ޑިއުޓީ ލޮގުނަގައި، ޝީޓްތައް ފުރިހަމަކޮށް، ލޯޑްގްރާފް ކުރަހާ ޗެކުކޮށް ބެލެހެއްޓުން
  • ފެން ޕްލާޓް ތަކުގެ ލޮގްނަގައި މެއިންޓެނަންސް މަސައްކަތް ކުރުން
  • 'ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓް' (އެސް.ޓީ.ޕީ)ގެ ސްޓޮކް ބެލެހެއްޓުން، ބޭސް ސްކްރީން ފިލްޓަރ ސާފުކޮށް މެއިންޓެނަންސް މަސައްކަތް ކުރުން
  • އިންޖީނުގެއާއި ފެންޕްލާންޓް ގޯތިތެރޭގައިވާ ހުރިހާ ތަނަކާއި އެތަންތާގައިވާ އެންމެހައި ތަކެތި ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުން
  • އިންޖީނުގޭގަ ކުރަންޖެހޭ އެންމެހައި މެކޭނިކަލް އަދި އިލެކްޓްރިކަލް ހުރިހާ މަސައްކަތެއްގައި ބައިވެރިވުން
  • ޤަވައިދުން ޕަމްޕް ސްޓޭޝަންތަކުން ރީޑިންގ ނެގުމާއި މޮނީޓަރ ކުރުން
  • ޤަވައިދުން ސްވަރޭޖް ޑާޓާ ކަލެކްޝަން ރިޕޯރޓް ތައްޔާރުކުރުން
  • ރަށުގައި ޤާއިމް ކުރެވިފައިވާ ނަރުދަމާ ނިޒާމާއި ގުޅުންހުރި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްކުރުން
  • ކަރަންޓާއި ފެނާއި ނަރުދަމާގެ ކޮންޒިއުމަރ ބެލެހެއްޓުމާއި ނިއު ކަނެކްޝަން ސާރވޭކޮށް ގުޅައިދިނުން
  • ކޮންމެ ދުވަހެއްގެ ފަހު ޝިފްޓް ޑިއުޓީގައި ހުރިހާ ތެޔޮ ތާނގިތަކެއްގެ ސައުންޑިންގ ޗެކްކޮށް، ފެން ތާނގިތަކުގެ ގޭޖް ސައުންޑިންގ  ޗެކްކޮށް، ޑީސަލާއި އަޑީތެލުގެ ބާކީގެ ހުރިހާ ހިސާބެއް ނިންމުން
  • ފައިސާ ނުދައްކަވާ ފަރާތްތަކަށް ފޮނުވަންޖެހޭ ޑިސްކަނެކްޝަން ނޯޓް ހަވާލުކުރުން
  • ކަރަންޓާއި ފެނުގެ ރީޑިންގ ނެގުމާއި ބިލް ހަވާލްކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

05 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އއ.ތޮއްޑޫ އިންޖީނުގެ އަށް 05 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

                   18 ސަފަރު 1445

                  03 ސެޕްޓެމްބަރ 2023

03 ސެޕްޓެންބަރު 2023