ދިވެހިރާއްޖެ
ކޯހުގެ ނަން: އަންޑަރގްރެޖުއޭޓް ޓްރެއިނިންގ ޕްރޮގްރާމް
ޖާގައިގެ އަދަދު: 02 ޖާގަ
ކޯސް ހިންގާ ފަރާތާއި ޤައުމު: ޓަރކިޝް ނެޝަނަލް ޕޮލިސް އެކަޑަމީ / ތުރުކިޔޭ
ކޯހުގެ މުއްދަތު: 05 އަހަރު ދުވަސް
ކޯސް ފެށޭ ތާރީޚް: ސެޕްޓެމްބަރ 2023
ޝަރުތު:
- ޖީ.ސީ.އީ އޭ ލެވެލް ފުރިހަމަކޮށްފައިވުން؛ ނުވަތަ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން؛ ނުވަތަ އެހެން ދާއިރާއަކުން ޤައުމީ ސަނަދު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ޤަބޫލުކުރާ ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
- 2002 ޖަނަވަރީ 01 ގެ ފަހުން އުފަންވެފައިވާ މީހެއް ކަމުގައިވުން.
- ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.
- 2023 ސެޕްޓެމްބަރ މަހު ފުރޭގޮތަށް މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތް މީހެއް ކަމުގައިވުން.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ.
- ވަނަވަރު އަންގައިދޭ ލިޔުން / ސީ.ވީ.
- އެޓެސްޓްކުރެވިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ.
- މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ކޮޕީ.
- މުއްދަތު ހަމަނުވާ ޕާސްޕޯރޓް ކޮޕީ. (2023 ސެޕްޓެމްބަރ މަހުގައި ފުރޭގޮތަށް މުއްދަތު ހަމަނުވާ ޕާސްޕޯރޓްކޮޕީ އަކަށް ވާންޖެހޭނެއެވެ).
- ޑިޖިޓަލް ޕާސްޕޯޓް ސައިޒް ފޮޓޯ.
އިތުރު މަޢުލޫމާތު:
- މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތަކީ ފުލުހުންގެ ވަޒީފާ ދިނުމަށްފަހު ދެވިގެން ދާނެ ފުރުޞަތަކަށް ވާތީ، މަތީގައި ދެންނެވިފައިވާ ޝަރުތުތަކުގެ އިތުރުން، މިކޯހަށް ހޮވޭ ފަރާތްތަކަކީ ފުލުހުންގެ ޒިންމާތައް އަދި ވަޒީފާ އަދާކުރުމަށްޓަކައި، 34/2020 "ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު" ގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ރެކްރޫޓްކުރެވޭ ފުލުހުންގެ ޢާންމު ޝަރުތު ފުރިހަމަވާ މީހަކަށް ވާންޖެހޭނެއެވެ. އަދި ކޯހަށް ހޮވިއްޖެނަމަ، ފުލުހުންގެ ވަޒީފާއަށް ރެކްރޫޓް ކުރުމުގެ އިންތިޒާމްތައް، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރިޔަށްގެންދެވޭނެއެވެ.
- މި ކޯހަށް ހޮވޭ ފަރާތްތަކަށް ހާއްސަ މެޑިކަލް ޓެސްޓެއް ހިންގޭނެއެވެ.
ސުންގަޑި:
މި ކޯހަށް އެދި ހުށަހަޅާ ފަރާތްތަކުން، މަތީގައި ދެންނެވިފައިވާ ލިޔެކިޔުންތައް 2023 ސެޕްޓެމްބަރ 06 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
18 ޞަފަރު 1445
03 ސެޕްޓެމްބަރ 2023