ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-TD/IU/2023/0239
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:55
ސުންގަޑި: 06 ސެޕްޓެންބަރު 2023 16:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން

މިކުންފުނީގެ ޝިޕްބިލްޑިންގ އެންޑް ރިޕެއަރ ޑިވިޝަން / ތިލަފުށި ސައިޓުގައިހުރި (ގާތްގަނޑަކަށް) 20 ޓަނުގެ ބާދަގަނޑު ވިއްކާލުމަށް  ހަމަޖެހިފައިވާ ޙާއްސަ ނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިދަންނަވަނީއެވެ.

 

1- ނީލަން ކިއުން އޮންނާނީ 11 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހު 14:00 ގައި އެމްޓީސީސީ ޓްރޭޑިންގ ޑިވިޝަން،   ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) ގައެވެ.

2- މި ނީލަމުން ތަކެތި ބައްލަވައިގަންނަވަން ބޭނުންވެލައްވާ ފަރާތްތަކުން 6 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އިން 10:00 އަށް އެމްޓީސީސީ ޓްރޭޑިންގ ޑިވިޝަން ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) އަށް ވަޑައިގެން ނަންނޯޓް ކުރެއްވުންއެދެމެވެ.

3- 6 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހު ހެނދުނު 10:30 އިން 12:00 އަށް އެމްޓީސީސީ ތިލަފުށިސައިޓަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަކެތި ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.

4- މި ނީލަމުގައި ބައިވެރިވެވޭނީ އެމްޓީސީސީ ޓްރޭޑިންގ ޑިވިޝަންގަ ރަޖިސްޓްރީވެ އަދި ޙާއްސަ ނީލަމުގެ އިޢުލާނުގައިވާ ކަންތައްތަކަށް އިޤުރާރުވާ ފަރާތްތަކަށެވެ.

5- މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް 10,000/-ރ (ދިހަ ހާސް ރުފިޔާ) އެމްޓީސީސީގެ ބެންކް އެކައުންޓް ނަންބަރ 

7717-00668-001 އަށް 7 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އާއި 12:00 ދެމެދު ޖަމާކުރަން ވާނެއެވެ. އަދި 12:00 ގެ ފަހުން ފައިސާ ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

6- ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް އަނގަބަހުން ނެވެ.

7- ނީލަން ފެށޭނީ ޓަނަކަށް -/1000 ( އެއްހާސް ރުފިޔާގެ )  ރޭޓުންނެވެ.

8- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000ރ (އެއްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.

9- ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.      

10- ނީލަންނިމޭތާ 3 ދުވަހުގެ ތެރޭގައި ނީލަމުން ބައްލަވައިގަތް ތަކެތި އެތަނުންގެންގޮސް ނިންމަންވާނެއެވެ.

11- 20 ޓަނަށް ވުރެ އިތުރުވާކަމުގައި ވާނަމަ އިތުރުވާ ދަގަނޑު ދޫކުރެވޭނީ އިތުރުވާ ދަގަނޑަށް ފައިސާ ދައްކާ ޙަލާސް ކުރުމުންނެއެވެ. އަދި 20 ޓަނަށް ވުރެ މަދުވާނަމަ ރިފަންޑް ޕްރޮސެސް ކޮށްދޭނެއެވެ.

12- މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 1650 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

03 ސެޕްޓެންބަރު 2023