ދެންނެވުން
ނަންބަރު: (IUL)281-CA/281/2023/20
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 09 ނޮވެންބަރު 2023 13:00
މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ކޮމަންޑޫ ހިއްކި ބިމުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން

އިޢުލާން

 

ށ. ކޮމަންޑޫ ހިއްކި ބިމުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން

        ށ. ކޮމަންޑޫ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ށ. ކޮމަންޑޫ އިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް 28 އޮގަސްޓް 2023 ވަނަ ދުވަހު ބޭއްވި މި ކައުންސިލްގެ 95 ވަނަ އާއްމު ޖަލްސާއިން ފާސްކޮށްފައިވާ އުސޫލާއި އެއްގޮތަށް ރަށުގެ ޗާޓުގައި ފާހަގަ ކޮށްފައިވާ ސަރަހައްދުތަކުން ދޫކުރާ 1200 އަކަފޫޓުގެ 103 ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުޞަތު، އެންމެހާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ. މި އިއުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ފޯމް ދޫކުރުން

        ފޯމް ދޫކުރާނީ 03 ސެޕްޓެމްބަރ 2023 ވަނަ ދުވަހުންފެށިގެން 09 ނޮވެމްބަރ 2023 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި އޮފީސްހުޅުވިފައި ހުންނަ ގަޑިތަކުގައި މިއިދާރާގެ ކައުންޓަރުންނެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓްއިން ވެސް ފޯމް ޑައުންލޯދް ކުރެވޭނެއެވެ.

ފޯމް ބަލައިގަތުން

        ފޯމް ބަލައިގަތުން އޮންނާނީ 10 ސެޕްޓެމްބަރ 2023 ވަނަ ދުވަހުން ފެށިގެން 09 ނޮވެމްބަރ 2023 ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހުގެ 10.00 އިން 13.00 އަށް އިދާރާގެ ކައުންޓަރުންނެވެ.

 

ނޯޓް: މި އިޢުލާނާއި އެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެ އެވެ.

  • ށ. ކޮމަންޑޫއިން ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލް
  • ށ. ކޮމަންޑޫ އިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް
  • ގޯތިދޫކުރާ ސަރަހައްދު ދައްކުވައިދޭ ރަށުގެ ޗާޓް

 

                

03 ސެޕްޓެންބަރު 2023