ދިވެހިރާއްޖެ
އިޢުލާނު
|
|
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-223257 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
GS-03/ޖީ.އެސް - 03 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 01 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ތ.އަތޮޅު ތަޢުލީމީ މަރުކަޒު، ތ.ތިމަރަފުށި/ދިވެހިރާއްޖެ |
މުސާރަ: |
4465.00 |
ސަރވިސް އެލަވަންސް: |
1500.00 |
ސްޕެޝިއަލް ޑިއުޓީ އެލެވަންސް: |
މުސާރައިގެ %35 (1562.75)
|
ސަޕޯރޓިން ކޯ އެލެވަންސް: |
700.00 |
އެހެނިހެން އެލަވަންސް: |
ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ސްޓޭޝަނަރީ ސްޓޮކް ބެލެހެއްޓުން - ސްކޫލްގެ ކިޔަވައިދިނުމާއި އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހުސްވުމުގެ ކުރިން ބޭނުންވާ ތަކެތީގެ ލިސްޓް ޕްރޮކިއުމަންޓް ސެކްޝަނާއި ހަވާލުކުރުން - އިދާރީ ހިންގުމާއި ކިޔަވައިދިނުމަށް ގެނެވޭ ދުވަހުން ދުވަހަށް ސްޓޮކް ބާކީގައި ލިޔުން - ދުވަހުން ދުވަހަށް މުވައްޒަފުންނަށް ދޫކުރެވޭ ތަކެތި ސްޓޮކް ބާކީއިން އުނިކޮށް އެ މުވައްޒަފަކު ލައްވާ ސޮއި ކޮށް ބެލެންސް ބެލެހެއްޓުން - ޓީޗަރުންގެ ލޮކަރތައް ބެލެހެއްޓުން 2- ޑެސްކް ސެލެރީ ތައްޔާރުކުރުން - ތ. އަތޮޅުގެ ހުރިހާ ސްކޫލެއްގެ ސެލެރީ އެއް ޝީޓަކަށް އެންޓަރކޮށް އެއްޝީޓަކަސް ހަދާ (ޑެސްކް ސެލެރީ) އެ ޗެކްކޮށް ޕެންޝަން (ކޮޝާރު ޕޯޓަލް) އަދާ ހަމަކޮށް، މިނިސްޓްރީއަށް ފޮނުވުން 3- ޔައުމިއްޔާ ލިޔެ ފައިލް ކުރުން - ކޮންމެ ދުވަހެއްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމާ ސުޕަވައިޒަރުގެ ސޮޔާއެކު ފައިލް ކުރުން - ސްޓާފް މީޓީންގ އަދި އެޑްމިން މީޓިން ތަކުގެ ޔައުމިއްޔާ ލިޔެ ސުޕަވައިޒަރުގެ ސޮޔާއިއެކު ފައިލުކޮށް ބެލެހެއްޓުން - ސްޓާފް މީޓިން ތަކަށާއި އެހެނިހެން ދެންނެވުންތަށް ލިޔެ ތައްޔާރުކުރުމާއި އެ ފައިލްކޮށް ބެލެހެއްޓުން. 4- ކިޔަވައި ދިނުމާއި ގުޅުންހުރި ކަންތަކުގައި އެހީތެރިވެ ދިނުން - އިސްވެދިޔަ ކަންތަކުގެ އިތުރަށް ޚާއްސަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެ މަތިން، ފަރުވާތެރިކަމާއި އެކު ބަރާބަރަށް ޢަމަލުކުރުން 5- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން - އިދާރީ ކަންކަން ބެލެހެއްޓުމާއި ޙަވާލުވެ ހުންނެވި ވެރިޔާ އަންގަވާ އިދާރީ މަސައްކަތްކުރުން 6- ދަރިވަރުންނާއި ގުޅުންހުރި އެންމެހާ އިދާރީ ކަންތައްތަށް ބެލެހެއްޓުން - ދަރިވަރުންގެ ލީވިންގ ސެޓްފިކެޓް އަދި ޓްރާންސްފަރ ސެޓްފިކެޓް ތައްޔާރު ކުރުން - ސްކޫލަށް ވަންނަ ދަރިވަރުން ރެޖިސްޓްރީއަށް އަރުވައި ވަކިވާ ދަރިވަރުން ރަޖިސްޓަރ އިން ކަނޑައި، ސްޓޫޑެންޓް ރެޖިސްޓަރ ރަނގަޅަށް އަދާހަމަކޮށް ބެލެހެއްޓުން 7- ޓީޗަރުންގެ އަދި ދަރިވަރުންގެ ޓެބްލެޓްތަށް އިންވެންޓްރީއަށް އެރުވުމާއި ފައިލްކޮށް ބެލެހެއްޓުން 8- މައި އޮފީސް ޕޯޓަލް މެދުވެރިކޮށް ގެންނަން ޖެހޭ ޕެކޭޖްތައް (ދަރިވަރުންގެ ފޮތްތައް) އޯޑަރ ކޮށް ރިސީވް ކުރުން. 9- ސްކޫލަށް ލިބޭ ލިޔެކިޔުންތަށް އެންޓްރީ ކުރުމާއި، އަންނަ މެއިލްތަށް ފޯވާރޑްކޮށް ޖަވާބުދާރީ ވާންޖެހޭ ލިޔުންތަކަށް ޖަވާބުދާރީވުމާއި، ޑޮކިއުމަންޓް ރަޖިސްޓްރީ ބެލެހެއްޓުން - އާންމު ގޮތެއްގައި ލިޔަންޖެހޭ ލިޔުންތައް (ޖެނެރަލް އެޑްމިނިސްޓްރޭޝަންގެ ސިޓީ އަދި މެސެޖް) ލިޔުން. 10- ޑީޕީއީގެ ހުރިހާ އިދާރީ މަސައްކަތްތަކެއް ބެލެހެއްޓުން 11- ބަޖެޓް މަސައްކަތް ކުރާ މުވައްޒަފު ޗުއްޓީއަށް ދިއުމުން ، ބަޖެޓް މަސައްކަތް ކުރުން
|
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ
|
ގުޅޭ ވަޒީފާގެ ދާއިރާ: - އެޑުމިނިސްޓްރޭޝަން - މެނޭޖްމެންޓް ތަޢުލީމީ ރޮނގުތައް: ނެތް ޕްރިފަރޑް ޑިސިޕްލިން : ނެތް ކޯ ޑިސިޕްލިން: ނެތް |
|
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ސެޕްޓެމްބަރ 2023 ގެ 12:00 ގެ ކުރިން، ތ.އަތޮޅު ތަޢުލީމީ މަރުކަޒު އޮފީސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] ) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ 17 ސެޕްޓެމްބަރ 2023 އާއި 21 ސެޕްޓެމްބަރ 2023 އާ ދެމެދު، ތ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780015 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
18 ޞަފަރު 1445
03 ސެޕްޓެމްބަރ 2023