ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)1-CSO(FM)/1/2023/58
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 07 ސެޕްޓެންބަރު 2023 10:30
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ބައެއް ތަކެތި ވިއްކާނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހަށް ބޭނުންވާ ބައެއް ތަކެތި ވިއްކާނެ ފަރާތެއް ހޯދުން

މި އޮފީހަށް ބޭނުންވާ ތިރީގައި މި ދަންނަވާ ތަކެތި ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

20nos. UPS

02nos. Microsoft Surface Laptop 5 13inch

މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް، 2023 ސެޕްޓެންބަރު 7 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ އީ-މެއިލް އެޑްރެހަށް، މަޢުލޫމާތު ކަރުދާހުގައި އެދިފައިވާ މަޢުލޫމާތާއެކު އީ-މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވުމަށް ފޮނުވާ
އީ-މެއިލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީ-މެއިލް:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2023 ސެޕްޓެންބަރު 7 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2023 ސެޕްޓެންބަރު 12 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

 18 ޞަފަރު 1445

03 ސެޕްޓެންބަރު 2023