ކުއްޔަށް ދިނުން
ނަންބަރު: (IUL)334/334/2023/103
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 12 ސެޕްޓެންބަރު 2023 12:15
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ހުރާ މަސްވެރިންގެހިޔާ ބިން ހޮޓާ/ކެފޭ ހިންގުމަށް ވަގުތީގޮތުން ކުއްޔަށްދޫކުރުން

އިޢުލާން

ކ. ހުރާ މަސްވެރިންގެހިޔާ ބިން ވަގުތީގޮތުން ކުއްޔަށްދޫކުރުން

މިކައުންސިލްގެ  ބެލުމުގެ ދަށުގައިވާ ކ. ހުރާ ރައްޔިތުންގެ ޢިމާރާތެއްކަމަށްވާ ''މަސްވެރިންގެހިޔާ'' ބިން ހޮޓާ/ކެފޭ ހިންގުމަށް ކުއްޔަށްދޫކުރަން ކުރި ނަމްބަރު:(IUL)334/334/2023/86 އިޢުލާނަށް  އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ގިނަވެގެން 01އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ ހޮޓާ/ކެފޭ ހިންގުމަށް ބިން ކުއްޔަށްހިފުމަށް ބީލަން ހުށަހެޅުމުގެ ދަޢްވަތުދީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ބީލަން ހުށަހަޅަން ޖެހޭނީ މިއިޢުލާނާއިއެކު ހީރަސްކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ ޖަދުވަލް 01 ފޯމުންނެވެ. މިފޯމް މިއިދާރާއަށް ދުރުވުމުންނާއި އަދި މެއިލްގެ ޒަރީއާއިންވެސް ލިބޭނެއެވެ.

ބީލަން ހުށަހަޅާ ބީލަން ކެނޑުމަށް ޙާޟިރުވަނީ ބިޑުކުރާ ފަރާތުގެ މަންދޫބެއް ނަމަ ބިޑުކުރާ ފަރާތުގެ ލެޓަރ އޮފް އެޓާރނީ އަކާއި، މަންދޫބުގެ އައި.ޑީ.ކާޑުގެ ފޮޓޯކޮޕީއެއް ހުށަހަޅަންވާނެއެވެ. މި ލިޔުންތައް ނެތި ޙާޟިރުވާ އެއްވެސް ފަރާތެއް ބިޑްހުށަހަޅާ ބިޑުކެނޑުމުގެ ސެޝަނުގައި މަންދޫބެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ. އަދި 2ބިޑަކަށް އެއް މަންދޫބަކު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށްއެދި ބީލަން ހުށަހަޅުއްވަން ބޭނުންވާފަރާތްތަކުން 12 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 12:15އަށް ކައުންސިލް އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ފޯން 6640074 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

03 ސެޕްޓެންބަރު 2023