މަސައްކަތް
ނަންބަރު: (I)288/2023/110
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 13 ސެޕްޓެންބަރު 2023 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެން ފިލްޓަރު ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދުން

ފެން ފިލްޓަރު ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދުން

އެއް ފަހަރު ބޭނުންކޮށް އުކައިލެވޭ ޕްލާސްޓިކް ބޭނުންކުރުން މަދުކޮށް ހުއްޓައިލުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި، ފެން ބަންދުކޮށްފައި ހުންނަ އެ ފަދަ ފުޅީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ގޭބިސީތަކަށާއި އާންމު އިޖުތިމާޢީ ތަންތަނަށް ހިލޭ ބަހާން ހަމަޖެހިފައިވާ ފެން ފިލްޓަރު، މި އިދާރާއަށް ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދާން ބޭނުންވެއެވެ.

މި ޕްރޮޖެކްޓަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކުންފުނީގެ ކޯޕަރޭޓް ރެސްޕޮންސިބިލިޓީގެ ދަށުން ދޫކުރެވިފައިވާ މާލީ އެހީތެރިކަމާ އެކު ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.

ފާއިތުވީ 2022 ވަނަ އަހަރު މިއިދާރާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި 1.7 ޓަނުގެ އެއް ފަހަރު ބޭނުންކޮށް އުކައިލެވުނު ޕްލާސްޓިކް ފުޅި މި ރަށު ވޭސްޓްމެނޭޖުމަންޓް ސެންޓަރަށް ގެނެވި ޕްރޮސެސްކުރެވިފައިވެއެވެ.

ވީމާ، އިސްވެ ބުނެވުނު ޕްރޮޖެކްޓު ތަންފީޒުކުރުމުގެ ގޮތުން ތިރީގައި ދީފައިވާ ސްޕެސިފިކޭޝަންގެ 140 (އެއް ސަތޭކަ ސާޅީސް) ފެން ފިލްޓަރު މި އިދާރާއަށް ސަޕްލައިކޮށްދޭން ޝައުޤުވެރިވާ ފަރާތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

Technical Specifications

WATER FILTER

 

Water Tank

Integral Tank

Clean Water Storage Tank

5litre

Reverse Osmosis Membrane Performance GPD

50

Purified Water to Drainage Water Ratio

1:4 – 1:6

System Type

Reverse Osmosis

Drinking Water Tap

Yes

Drinking Water Without Boiling

Yes

Protection Against Bacteria and Viruses

99.99%

Minimum Warranty Period

1 year usage

 

 

ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ 2023 ސެޕްޓެންބަރު 13 ވާ ބުދަ ދުވަހު މެންދުރު 12:00 ގެ ކުރިން، ދީފައިވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.

https://forms.gle/tVRzA8EmmUC9sTLH9

ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2023 ސެޕްޓެންބަރު 26 ވާ އަންގާރަ ދުވަހު މެންދުރު ފަހު 1:00 ގައި މި އިދާރާ ގައެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެކު ގެޒެޓުކުރެވިފައި ވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ. ބީލަން ފޮތް ވިއްކާން ހަމަޖެހިފައިވަނީ 2023 ސެޕްޓެންބަރު 14 ވާ ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން ފެށިގެން 2023 ސެޕްޓެންބަރު 20 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް، މި އިދާރާއިންނެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވާ ނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅާން ވާނެއެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާ އެކު ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް
(ޢަލީ މުޒުހިރު، ކައުންސިލް އެގްޒެކެޓިވް):

7217070

18 ޞަފަރު 1445ހ.

3 ސެޕްޓެންބަރު 2023މ.

03 ސެޕްޓެންބަރު 2023