ދިވެހިރާއްޖެ
އިޢުލާން
ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ ޓެސްޓު ކުރާނެ އެގްޒަމިނަރުން ހޯދުން
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އަންހެން އަދި ފިރިހެން އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.
އެގްޒަމިނަރުން
- ބޭނުންވާ ޢަދަދު: 02
- ޝަރުޠު :
* ދަށްވެގެން A0, A1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން
* ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީކުށެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން
* ޕޮލިސް ރިޕޯޓް ( ތިންމަސްހަމަނުވާ)
* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
* ޢުމުރުން 50 އަހަރު ނުވާ މީހެއްކަމުގައި ވުން.
* މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގައި ވަޒީފާއަދާކުރާ މީހަކުކަމުގައި ނުވުން.
* ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.
- އުޖޫރަ :
* ޓެސްޓް ކުރާ ކޮންމެ A0, A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ
* އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ
* އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ސިޓީއަކާއިއެކު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއިއެކު 10 ސެޕްޓެމްބަރ 2023 ވާ އާދިއްތަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.