ދިވެހިރާއްޖެ
އއ.ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރާއި ބެކްޑްރޮޕް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 11 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00ގައި އއ.ތޮއްޑޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް، ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދެންނެވީމެވެ.
މި މަސައްކަތާއި ގުޅިގެން ބިޑްހުށަހެޅުން 14 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި، އއ.ތޮއްޑޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެއެވެ. އަދި ބިޑް ހުށަހެޅުމުގެ ބައްދަލަވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 6660043 އަށް ގުޅުއްވައިގެން ނުވަތަ އީ-މެއިލް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޞަފަރް 1445